އައިޖީއެމް ހޮސްޕިޓަލުގެ ޑަކުޓަރަކާއި ނަރުހަކުވެސް ކޯވިޑް-19 އަށް ޕޮޒިޓިވް

މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި އައިޖީއެމް ހޮސްޕިޓަލުގެ ޑަކުޓަރަކާއި ނަރުހަކުވެސް ހިމެނޭކަން އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. އެގޮތުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސ...

09 May 2020 | 11:45

މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި އައިޖީއެމް ހޮސްޕިޓަލުގެ ޑަކުޓަރަކާއި ނަރުހަކުވެސް ހިމެނޭކަން އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެގޮތުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ނަޒީމް ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލުގެ ނަރުހަކާއި ޑަކުޓަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށާއި ނަމަވެސް ޕޮޒިޓިވް ވީ އައިޖީއެމް ހޮސްޕިޓަލުގެ ތެރެއިން ނޫން ކަމަށެވެ. ކޮމިއުނިޓީ ތެރެއިން ކަމަށެވެ. ހޮސްޕިޓަލުން ވައިރަހަށް އެކްސްޕޯޒް ވެގެން ނޫން ކަމަށެވެ.

އެހެންނަމަވެސް މިހާރު އައިޖީއެމް އެކްސްޕޯޒް ރިސްކް ހައި ކަމަށް ބެލެވޭ 16 ނަރުހަކު މިހާރު އައިސޮލޭޓް ކޮށްފައިވާކަން ޑރ. ނަޒީމް ފާހަގަކުރެއްވިއެވެ.

ނަޒީމް އިތުރަށް ވިދާޅުވީ އެ 16 ނަރުހުންގެ ޓެސްޓް ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ނަރުހަކާއި ޑަކުޓަރަކު ޕޮޒިޓިވް ވެފައިވާއިރު އެސިމްޓޮމެޓިކް (އަލާމާތް ނެތި) ޕޮޒިޓިވް ޕޭޝަންޓުންތަކެއް އައިޖީއެމް ހޮސްޕިޓަލުން ފެނިފައިވެއެވެ. އެގޮތުން މި ވައިރަހުގައި ފުރަތަމަ ނިޔާވި މީހާ ޕޮޒިޓިވްކަން އެނގުނީވެސް ނިޔާވި ފަހުންނެވެ. ދެވަނައަށް ނިޔާވި މީހާއަކީ ފިޓް ޖެހިގެން ގެންދިޔަ މީހެކެވެ. އޭނާވެސް ޕޮޒިޓިވްކަން އެނގުނީ އެއަށްފަހު ހެދި ޓެސްޓަކުންނެވެ. އަދި މަނަދޫން ޑަކުޓަރަށް ދައްކަން ދިޔަ އަންހެނަކުވެސް ޕޮޒިޓިވް ވެފައިވާއިރު ރޭ ދަންވަރު ހިތުގެ ބައްޔެއްގައި އައްޑޫން ގެނައި ޕޭޝަންޓަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް