ކޯވިޑް-19: ވެމްކޯގެ އަންހެން މުވައްޒަފަކު ޕޮޒިޓިވް ވެއްޖެ

ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ވެމްކޯއިން މިއަދު ބުނެފައިވަނީ އެކަން އެނގުމާއެކު ވަގުތުން ފިޔަވަޅު އަޅާފައިވާނެ ކަމަށާއި އެގޮތުން އ...

09 May 2020 | 08:53

ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ވެމްކޯއިން މިއަދު ބުނެފައިވަނީ އެކަން އެނގުމާއެކު ވަގުތުން ފިޔަވަޅު އަޅާފައިވާނެ ކަމަށާއި އެގޮތުން އެ މުވައްޒަފާއި ޑައިރެކްޓް ކޮންޓެކްޓްވި އެހެން މުވައްޒަފުން އައިސޮލޭޓްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މިއާއެކު ވެމްކޯގެ ސައިޓްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް މިހާރު ޑަބަލް ކޮށްފައިވާނެ ކަމަސާއި ފްރަންޓްލައިން މުވައްޒަފުންނަށް މާސްކާއި ޕީޕީއީ ދީފައިވާނެ ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ. އަދި ވެމްކޯ މުވައްޒަފުންގެ ރޭންޑަމް ސާމްޕަލް ނެގުމަށް އެޗްޕީއޭއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި ހާލަތުގައި ވެމްކޯއިން އެންމެ އިސްކަމެއް ދެނީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި ހަމައެއާއެކު މުޖްތަމައު ސާފުކޮށް ބެހެއްޓުމަކީވެސް ވެމްކޯއިން އެންމެ އިސްކަންދޭ ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް