މާލޭ ސިޓީ ލޮކްޑައުން ކޮށްފައިވާތީ މަސްވެރިންނަށް ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.
ކޮންމެ ދުވަހަކު މަސް ބާނައިގެން މަސް މާރުކޭޓަށް ވިއްކަން އަންނަ މަސްވެރިންނަށް އެ ފުރުސަތު ވަނީ ބަންދުވެފައި އެވެ. އެހެންވެ އެމީހުން ބާނާ މަސް ވިއްކަން ތިބެން ޖެހެނީ ދޯނީގައި އެވެ. މަސް ގަންނަން ބޭނުންވާ މީހުން އެ ސަރަހައްދަށް ދިއުމުން މަސްވެރިން މަސް ކެނޑުމާއި ކިރުމާއި ވިއްކުމުގެ ހުރިހާ ކަމެއް ކުރަަަނީ ދޯނީގައި ތިބެގެންނެވެ.
މިކަމަށް ހައްލެއް ގެނެސް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ މަސް މާރުކޭޓު އާންމުކޮށް ނުހުޅުވިނަމަވެސް ކޮންމެވެސް ސިފައެއްގައި އެ ތަނުގެ ބޭނުން މަސްވެރިންނަށް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައި އެވެ. އޭގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް