ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ލަމުންދާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ނުވަތަ ރައްކާތެރިކަމުގެ ގޮތުން އަޅާ ހެދުން ލައިގެން ގެއަކަށް ވަދެ ވައްކަން ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ޕީޕީއީ ލައިގެން ހުރި މީހަކު ޑިސްއިންފެކްޓު ކުރާ ފާޑުގެ ސްޕްރޭ ފުޅިއެއް ހިފައިގެން ސިޑިއަކުން ފައިބައިގެން ގޯޅިގަނޑެއްގެ ތެރެއިން ނުކުންނަތަނެވެ. މި ވީޑިއޯ އަކީ އެގޭގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާ ފުޓޭޖެކެވެ.
މި ފުޓޭޖަކީ އެމީހާ ފޯނު ހިފައިގެންދިޔަ ދުވަހުގެ ވީޑިއޯއެއް ކަމެއް ނޭނގެ އެވެ. ބުނެފައިވަނީ ޕީޕީއީ ލައިގެން ހުރި މީހަކު އެގެއިން ވައްކަން ކޮށްފައިވާ ކަމަށެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުގައި އެ ގޭމީހުންނާ ހަވާލާދީ ބުނެފައިވަނީ އެމީހާ އެގެއަށް ވަނީ ޑިސްއިންފެކްޓް ކުރަން ކަމަށް ބުނެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މައްޗަންގޯޅި ގެއަކުން ފޯނެއް ވަގަށް ނަގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެކަން ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރު12:07 ހާއިރު ކަމަށެވެ.
މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް