ޑިއުޓީ ނިންމާފައި ނަރުހުން ގެއަށް ދިއުމުގެ ކުރިން ހެދުން ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދިވެހި ނަރުހުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން މިކަމަށް ގޮވާލާފައިވަނީ އެ ޖަމިއްޔާގެ ޓްވިޓާ ހޭންޑަލްގައެވެ.
ހެލްތު މިނިސްޓްރީ ޓެގްކޮށް އެ ޖަމިއްޔާއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ނަރުހުންގެ އާއިލާތަކުގެ ސަލާމަތަށްޓަކައި، ކޯވިޑު ބަލި ފެތުރެމުންދާ މިދުވަސްވަރު ނަރުހުން ޔުނިފޯމްގައި މަސައްކަތް ކުރާ ހުރިހާ މުއައްސަސާތަކުން ނަރުހުން ޑިއުޓީ ނިންމާފައި ގެއަށް ދިއުމުގެ ކުރިން ހެދުން ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ގޮވާލާކަމަށެވެ.
https://twitter.com/mna_nurses/status/1258783447725690880
ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާއިރު ފްރަންޓްލައިންގައި މަސައްކަތްކުރާ ބައެއް ނަރުހުންނާއި ޑަކުޓަރުންނަށް، އެފަރާތްތައް ގެއަށް ނުގޮސް މި ހާލަތުގައި މަސައްކަތްކުރާނެ އިންތިޒާމު ހަމަޖައްސާފައިވީނަމަވެސް ބައެއް ނަރުހުންނަށް އަދި އެ އިންތިޒާމު ހަމަޖައްސާފައެއް ނުވެއެވެ. އަދި ރަށްރަށުގައިވެސް މިހާރު ކޯވިޑް-19 ފެތުރުމުގެ ބިރު އޮތް އިރު ނަރުހުންގެ ކަންބޮޑުވުންތައް ގިނައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް