ކޯވިޑް-19: ރާއްޖެއިން ހަތް މަހުގެ ކުއްޖަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19 އަށް ހަތް މަހުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އުމުރު، ކޯވިޑް-19 ޑޭޝްބޯޑްގައި ހިމަނާފައިވާއިރުގައެވެ. އެ ޑޭޝްބޯޑްގައި ވާގ...

08 May 2020 | 21:24

ރާއްޖެއިން ކޯވިޑް-19 އަށް ހަތް މަހުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އުމުރު، ކޯވިޑް-19 ޑޭޝްބޯޑްގައި ހިމަނާފައިވާއިރުގައެވެ.

އެ ޑޭޝްބޯޑްގައި ވާގޮތުގައި އެއީ ކުޑަ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ސާމްޕަލް ނަގާފައިވަނީ މައިން ބަަފައިގެން އެކަމަށް ދެކޮޅު ހެދުމުން ކޯޓު އަމުރެއްގެ ދަށުންނެވެ.

އެނގިފައިވާ ގޮތުގައި ކޯވިޑަށް ޕޮސިޓިިވްވިޔަސް އެކުއްޖާގެ ހާލު ރަނގަޅެވެ.

މީގެ އިތުރުން ހަމަ މިއަދު ދެ އަހަރުގެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކުވެސް ޕޮޒިޓިވް ވެފައިވާކަމަށް އެ ޑޭޝްބޯޑުން ދައްކައެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއިން އެންމެ ގިނައިން ބަލި ޖެހެނީ ހެލިފެލިވެ މަގުމަތީގައި އުޅޭ އުމުރުފުރާތަކުގެ މީހުން ކަމަށްވާ18-60އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ. މިހާތަނަށް ޕޮސިޓިވްވި މީހުންގެ85 ޕަސެންޓަކީ ފިރިހެނުންނެވެ.

މީގެ އިތުރުން އެންމެ ފަހުން އެޗްޕީއޭއިން ވަނީ މަގުމަތީގެ އުޅޭ މީހުންގެ ފަރާތުން ގޭބިސީތަކަށް ވައިރަސް ވަންނަމުންދާ ކަމަށް ބުނެފައި އެވެ.

މިހާތަނަށް ރާއްޖެއިން744 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި ތިން މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް