ރަތްމަންދޫއާ ވ. ތިނަދޫގައި ވޯޓުލުން ފަށާ ގަޑި ފަސްކޮށްފި

މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވ. ތިނަދޫ އާއި މ. ރަތްމަންދޫ ވޯޓުލުން ފަށާ ގަޑީ ފަސް ކޮށްފި އެވެ. މާދަމާ ވޯޓުލު...

09 Apr 2021 | 16:05

މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވ. ތިނަދޫ އާއި މ. ރަތްމަންދޫ ވޯޓުލުން ފަށާ ގަޑީ ފަސް ކޮށްފި އެވެ.

މާދަމާ ވޯޓުލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ ހެނދުނު 7:00 ން ހަވީރު 5:00 އަށެވެ. އަދި ކަރަންޓީން އާއި އައިސޮލޭޝަންގައި ތިބި މީހުން ވޯޓުލުމަށް ހާއްސަކޮށްފައިވަނީ ހަވީރު 5:00 ން 6:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ ރަށުގައި ވޯޓުލުން ކުރިޔަށް ގެންދާނީ ހެނދުނު 8:30 ން ހަވީރު 5:00 އަށް ކަމަށެވެ. އަދި އެހެން ރަށްރަށެކޭ އެއްގޮތަށް އެ ދެ ރަށުގައި ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި މީހުން ވޯޓުލާނީ ހަވީރު 5:00 ން 6:00 އަށް ކަމަށް ބުނެ އެވެ.

ރަތްމަންދޫ އާއި ތިނަދޫގެ ވޯޓުލުން ފަށާ ގަޑި ފަސް ކުރަން ޖެހުނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހަމަނުޖެހުމުންނެވެ. އެ ދެ ރަށުގެ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން ގެންދަނީ ކަރިއިރި ރަށްރަށުންނެވެ.

އީސީން ބުނީ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ވޯޓު ފޮށިތަކާއި އެހެނިހެން ސާމާނާއި އޮފިޝަލުން ރަށްރަށަށް ފޮނުވާ ނިމިފައިވާ ކަމަށެވެ. މި އިންތިހާބު އެޗްޕީއޭ ގައިޑްލައިނާ އެއްގޮތަށް ކުރިޔަށް ގެންދަން 735 ވޯޓު ފޮށި ބަހައްޓައެވެ.

މާދަމާ ބާއްވާ އިންތިހާބުގައި ވޯޓުލުމުގެހައްގު ލިބިގެންވާ 273128 މީހުން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް