ތ. ވޭމަންޑޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ވޭމަންޑޫ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
އެޗްއީއޯސީން ބުނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އެރަށުގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިން އިތުރު ފަރުވާއަށް މާލެ ގެނެސް ކޯވިޑަށް ޓެސްޓު ކުރި އިރު ޕޮސިޓިވް ވެގެން ކަމަށެވެ.
ވޭމަންޑޫ ކައުންސިލުން މީޑިއާގައި ބުނެފައިވާގޮތުގައި އެ ރަށު އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އިތުރުފަރުވާއަށް މާލެ ގެންދިޔަ ދެމީހަކު ވަނީ ކޯވިޑަށް ޕޮސިޓިވްވެފަ އެވެ. އެއީ އުމުރުން ދުވަސްވީ އަންހެނަކާއި ޒުވާން އަންހެނެއް ކަމަށްވެ އެވެ.
މި ކޭސްތަކާއި ގުޅިގެން ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން އެރަށުގައި މިހާރުވަނީ ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް