އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް ދޭއްގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަ ވެއްޖެ އެވެ.
އަވަހާރަވިއިރު ޕްރިންސް ފިލިޕްންސްގެ އުމުރުފުޅަކީ 99 އަހަރެވެ.
ޕްރިންސް ފިލިޕް - ޑިއުކް އޮފް އެޑިންބަރާ އަވަހާރަވިކަން ބަކިންހަމް ޕެލަސް އިިން ވަނީ ބަޔާނެއް ނެރެ ކަށަވަރުކޮށްދީފައި އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޕްރިންސް އަވަހާރަވީ އެއްވެސް އުނދަގުލެއް ނެތި އަމާންކަމާއި އެކުކަމަށެވެ.
މިފަހަކުން ޕްރިންސް ފިލިޕްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ހޮސްޕިޓަލްގައިވެސް އެތައް ފަހަރަކު އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވެ އެވެ. އެންމެ ފަހުން މިދިޔަ ފެބްރުއަރީ މަހުވެސް ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވި އެވެ.
އަދި ހިތްޕުޅުގެ އޮޕަރޭޝަނެއްވެސް މި ފަހުން ކުރައްވާފައިވެ އެވެ.
ޕްރިންސް ފިލިޕް އަވަހާރަވިއިރު، އެމަނިކުފާނާއި ރާނީގެ ކައިވެންޏަށް 73 އަހަރު ވަނީ ވެފައެވެ. ދެބޭފުޅުން ކައިވެނިބައްލަވައިގެންނެވީ 1947 ވަނަ އަހަރުއެވެ.
އެއީ ރާނީ އެލިޒަބަތަށް މަގާމު ލިބިވަޑައިގެންނެވުމުގެ ފަސްް އަހަރު ކުރިންނެވެ. ރާނީ އެލިޒަބަތާއި ޕްރިންސް ފިލިޕްގެ ކައިވެންޏަށް ހަތަރުބޭފުޅުން ލިބިވަޑައިގެންނެވި އެވެ.
އެންމެ ދޮށި ބޭފުޅަކީ ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމްގެ ބައްޕާފުޅު ޕްރިންސް ޗާލްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް