ފުލުހުންގެ އިދާރާގަިއ ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ފުލުހުންގެ އިދާރާ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެންނެވެ. މި ޕްރޮގްރާމްގައި ދީނީ ނަސޭހަތް ދެއްވާފައިވަނީ އައްޝެއިޚް އިލްޔާސް ޖަމާލްއާއި، އައްޝެއިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.
ދީނީ ނަސޭހަތް ދީފައިވަނީ ''އީމާން ކަމާއި މާތްﷲގެ އެއްކައުވަންތަކަން'' ނަމުގައި އެވެ.
ޝެއިހް އިލްޔާސް ޖަމާލް ދެއްކެވި ވާހަކައިގަ މާތްﷲ އިންސާނާ އުފެއްދެވިގޮތާއި ނަސްލުތައް އުފެދިގެން އައި ގޮތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މާތްﷲ ގެ މަތިވެރިކަމާއި، ހުރިހާ ތަނެއްގައި ވެސް އެކަލާނގެ ވޮޑިގެންވާކަމާއި، އެކަލާނގެއަކީ ޣައިބުގައިވާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށާއި، ޣައިބުގައިވާ ކަންކަމުގެ ތެރެއިން ޒައްރެއްގެ މިންވަރުވެސް އެކަލާނގެއަށް ވަންހަނާވެގެން ނުވާކަމަށާއި، ކޮންމެ މީހަކުވެސް އެކަލާނގެ އެންގެވި ގޮތަށް އާޚިރަތަށް މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ.
ޝެއިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް ދެއްކެވި ވާހަކަ ފުޅުގައި، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ޡަވާބަށް އެދި އަޅުކަންތައް ކުރުމުގައި ނަފްސުތައް ޝާމިލުކުރުމަށް މައުލޫމާތު ދެއްވިއެވެ. އަދި ކޮންމެ މީހަކުވެސް ވިސްނަންޖެހޭނީ މި ރަމަޟާން މަހަކީ އެމީހެއްގެ ހަޔާތުގައި އަންނާނެ އެންމެ ފަހު ރަމަޝާން މަސް ކަމަށާއި އަދި ތެދުވެރި ތައުބާއަކުން ތައުބާވެގެން ރަމަޟާން މަހާ ބައްދަލުކުރުމަށް ގޮވައިލެއްވިއެވެ
ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އިންތިޒާމްކޮށްގެން ބޭއްވި މި ދަރުސްގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އާއްމު މުއައްޒަފުން ބައިވެރިވިއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް