އެމްޑީޕީން އުފެއްދި ލާމަރުކަޒީ ނިޒާމްް ފައްކާވެ ފުރިހަމަވަގެންދާއިރު އެއްްވެސް ރަށެއް ބާކީނުވާނެކަމަށާއި، އެމްޑީޕީގެ ހާއްޔަށް އެހެން ބަޔަކަށް ބިސްވެސް ނޭޅޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ
ރައީސް ނަޝީދު މިހެން ވިދާޅުވީ "ރަށްވެހި ފަތިސް" ކެމްޕޭން ނިންމާލުމަށް ބުރާސްފަތި ދުވަހުގެރޭ އއ. ރަސްދުގައި ބޭއްވި ޖަަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާާއްޖޭގައި ތަސައްވަރެއް އޮތް ޕާޓީއަކީ ކޮބައިކަން ރައްޔިތުންނަށް އޮޅިފައި ނުވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށްވާން އެދޭގޮތާއި، ރައްޔިތުން ދިއުމަށް ބޭނުންވާ މިސްރާބާއި، ރައްޔިތުންނަށް ލިބިފައިވާ މިންވަަރު ހިތަށް ގެންނަ ޕާޓީއަކީ އެމްޑީޕީކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މިއީ އެމްޑީޕީގެ ހާއްޔެއް. މިހާލީގައި ޕީޕީއެމަކަށް ބިހެއް ނޭޅޭނެ. ބިސް ފީކުރާނީ ވެސް އަޅުގަނޑުމެން. އެދޫނި ނެރެ ދޫކޮށްލާނީ ވެސް އަޅުގަނޑުމެން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުން ކުރާ އެއް ޝަކުވާއަކީ ތަރައްޤީޤައި ބައެއް ރަށްތައް އެކަހެރިކުރާކަމަށް ބުނެ ކުރާ ޝަކުވާތައް ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ނިޒާމަކީ އެއްވެސް ރަށެއް ބާކީ ނުކުރާނެ ނިޒާމްކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ލާމަރުކަޒީ ނިޒާމުގައި އެއްވެސް ރަށެއް ބާކީ ނުވާނެ ކަމަށެވެ.
"މިއީ ތިބޭފުޅުން އަމިއްލައަށް ތިބޭފުޅުންގެ ރަށް ނާރެހަށްލާ ނިޒާމް. ބާކީއެއް ނުވާނެ، ނާާރެހުގައި ތިބޭފުޅުން އަބަދުވެސް ތިބޭނީ މެދުގައި. މިއީ އެ ނިޒާމް، ތި ބޭފުޅުން އަމިއްލައަށް ތިބޭފުޅުންގެ ރަށް ހިންގާ ނިޒާމް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ލާމަރުކަޒީ ނިޒާމް ސިފަކުރެއްވީ އެމްޑީޕީގެ ހާއްޔެއްގެ ގޮތުގަ އެވެ. އަދި އެ ހާލި ހެދީ އެމްޑީޕީން ކަމަށާއި، އއަދި ހާލީގެ ކޮންމެ ނަރުކޮޅެއްވެސް ގަހުގައި ބޭއްވީ އެމްޑީޕީގެ ތުނބުންކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ލާމަރުކަޒީ ނިޒާމް ފައްކާކުރުމަށް އެމްޑީޕީ ނޫން ބަޔަކު ކުރި މަސައްކަތެއް ނެތްކަމަށް ވިދާޅުވެފަ އެވެ.
"މި ހާއްޔަ ބިސް އެޅީވެސް އަޅުގަނޑުމެންގެ ބިސް. ބިސް ފީކުރީވެސް އަޅުގަނޑުމެން. އެ ދޫނި އުދުހިގެން ދެފިޔަ ލައްޕާ ހުޅުވަމުން މާ އުފަލުން އެދަނީ މުޅިން އާ ފަތިހަކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް