ޖަލުގައި މީހުންނަށް އަނިޔާ ކުރާކަމުގެ އަޑުތަކެއް މި ސަރުކާރު އައުމަށްފަހު ނީވޭނެ ކަމަށާއި މި ސަރުކާރުގައި ޖަލުގައި ތިބޭ މީހުންނަށް އަނިޔާ ނުކުރާނެ ކަމަށް އެމްޑީޕީގެ ނާއިބުރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ޝިފާޒް މިހެން ވިދާޅުވީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމާލުމުގެ ގޮތުން ރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށީ އެމްޑީޕީން ކަމަށާއި އެ ހައްގުތައް ހޯދުމަށް އެދި މިއަދު އިހުތިޖާޖު ކުރަމުންދާ އަޑުތައް މަޑުވެފައިވާ ކަމަށެވެ. ސަބަބަކީ އެ ހައްގުތައް އެމްޑީޕީން ނިކުމެ ކަށަވަރު ކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އިދިކޮޅު ކޯލިޝަނުން ދަންނަ ނިޒާމެއް ނޫންކަމަށާއި މި ނިޒާމުގެ ޒައްރެއްގެ މިންވަރު ވެސް އެ ކޯލިޝަނަށް ނޭނގޭނެ ކަމަށެވެ.
މީގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރަކީ ކޮންބޭފުޅެއްކަން ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށް އެނާ ވިދާޅުވިއެވެ. ޝިފާޒް ވިދާޅުވީ އެމްޑީޕީން މީގެ ކުރިން ރައްޔިތުންގެ ހައްގުގައި ކޮށްފައިވާ ހުރިހާ މަސައްކަތެއްގައި އަނަސް ވާނީ އެންމެ ފުރިހަމައަށް ބައިވެރިވެފައި ކަމަށެވެ. އަދި އެއީ މާލެ ސިޓީއަށް ބޭނުންވާ ތަރައްގީ ގެންނާނެ ބޭފުޅެއް ކަމަށެވެ.މި
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް