އަޙްމަދު ހުޞައިން 2011 ވަނަ އަހަރުން ފެށިގެން ރ. ކިނޮޅަސް ކައުންސިލްގެ ހިންގުންތެރި ރައީސް އެވެ.
މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ރޭހުގައި ވެސް ހަމަ އެ މަގާމަށް އަހްމަދު އަންނަނީ ވާދަކުރަމުންނެވެ. އަދާލަތު ޕާޓީގެ ފެހިކަން ގަދަ ކިނޮޅަހުގެ ރައީސް ކަމަށް އޭނާ މި ފަހަރު ވާދަކުރައްވަނީ ގިނަ ތަޖުރިބާއާއެކު ބަދަހި، ގާބިލު ޓީމެއް ވެސް ގޮވައިނެވެ. މި ޓީމުގައި ހިމެނެނީ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތި ލެއްވި، ޙަސަން ޝުޢައިބް އާއި، ވާފިރް އަޙްމަދު އާއި، މައިރޫފާ މޫސާ އަދި ފާތިމަތު ޒިޔާދާއެވެ. މީގެ އިތުރުން އ.ތ،.މ ކޮމެޓީއަށް ވާދަކުރެއްވި ޢަޒީޒާ އަބްދުއްރަޙުމާން އާއި ޢަޒީޒާ ޢަލީ އާއި ނަސްރީނާ އައްބާސް، ސާމިޔާ ޙަސަން އަދި ސިމްލާ ޒަކަރިއްޔާ ވެސް މި ޓީމުގައި ހިމެނެއެވެ.
އަޙްމަދު ހުޞައިން ވިދާޅުވާ ގޮތަުގައި މި ޓީމުގައި މިތިބީ، ތަޖުރިބާކާރު، ހީވާގި، ތަޢުލީމީ އަދި ޤާބިލް ބޭފުޅުންނެވެ. މި ބޭފުޅުންނަކީ މިއީ ކިނޮޅަހުގެ އަދާލަތު ލީޑަރުންނަށް ވާން ތައްޔާރަށް ތިއްބެވި ބޭފުޅުންނެވެ. މި ބޭފުޅުން ކުރިމަތި ލެއްވީ ބޮޑު ތަސައްވަރަކާ އެކުއެވެ. އެ ގޮތުން، ފަސް އަހަރ ތެރޭގައި، ރ. ކިނޮޅަހުގައި ބޭބީ ނާސަރީއަށް ކިޔަވައިދޭން ފެށުމާއި، ސްކޫލްގެ ކުލާސްތައް ސުމޭކު ކުރުމާއި ކޮމިއުނިޓީ ގެސްޓް ހައުސް ތައާރަފުކުރުމާއި ރައްޔިތުންގެ ކާޑާއި ގޭސް ގުދަން ގާއިމުކުރުމާއި، ކޮންޓްރެކްޓް ފާމިން ފައްކާކުރުން ހިމެނެއެވެ. ހަމަ އެހެންމެ، ރައްޔިތުންގެ ރުއްގަހުން ނަފާ ހޯދޭނެ ގޮތެއް ހޯދައިދިނުމާއި ދީނީ ޕްރޮގުރާ،ްތައް ފުޅާ ދާއިރާއެއްގައި ހިންގުމާއި ލޯކަލް ޓުއަތިޒަމް ފައްކާކުރުން ވެސް އެ ބޭފުޅުންގެ ފަސް އަހަރުގެ ތަސައްވަރުގައި ވެއެވެ.
މި ނޫނަސް. ކިނޮޅަހު ބަނދަރު ފުންކޮށް ބޮޑުކުރުމާއި، އައި މިސްކިތެއް އެޅުމާއި، ޕިކްނިކް އޭރިޔާއެއް ތަރައްގީކުރުމާއި، ފުޓްސަލް ދަނޑު ބޮޑުކޮށް މަރާމާތުކުރުމާއި، ނެޓްބޯޅަ ކުޅޭނެ ކޯޓެއް އެޅުމާއި ބީޗް ވޮލީ ކޯޓު ވަށައި ފެންސް ޖެހުން މި ބޭފުޅުންގެ ތަސައްވަރުގައި ވެއެވެ. އަދި ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޕާކަކާއި ޔޫތު ސެންޓަރެއްގެ އިތުރުން އަންހެނުންގެ ކޮމިޓީއަށް އާ ބިމެއް ކަނޑައަޅައި ރަޖިސްޓަރީ ކުރުމަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ބޭފުޅުން ކުރާނެ ކަންކަމެވެ. މިއީ އެ ބޭފުޅުންގެ ވަޢުދު ނާމާއެވެ، އަދާލަތު ޕާޓީން ކިނޮޅަހުގެ ރަށު ސަރުކާރު ހިންގެވުމަށް މި ރޭހުގައި ވާދަކުރާ ފެހި ލަޝްކަރުގެ އަމާޒާއި ސާފު ތަސައްވަރެވެ.
އަޙްމަދު ހުޞައިން ވިދާޅުވާ ގޮތަުގައި މިއީ އޭނާގެ ރައީސް ކަމުގައި ތައްޔާރުކުރި 20 އަހަރު ދުހުވަހުގެ ސްޓްރެޓެޖިކް ޕްލޭނާއި ލޭންޑްޔޫޒް ޕްލޭންގައި ވެސް ހިމަނާފައިވާ ކަންކަމެވެ. އަދި މިއީ ވަރަށް ފުރިހަމައަށް ތައްޔާރުކުރި 20 އަހަރު ދުހުވަހުގެ ސްޓްރެޓެޖިކް ޕްލޭނާއި ލޭންޑްޔޫޒް ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރޭން 5 އަހަރަށް ހޮވާލެވިފައިވާ ކަންކަމެވެ. އޭނާގެ ރައީސް ކަމުގައި ކޮންމެ ކަމެއް ވެސް ކޮސްފައި ވަނީ އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް އޭނާ އަޙްމަދު ވިދާޅުވެއެވެ. އަޙްމަދު ވިދާޅުވީ، އެކަން ކިނޮޅަހުގެ ރައްޔިތުންނަށް އެނގި ސާފުވެ ކަށަވަރުވާނެ ކަމަށް އޭނާ ޤަބޫލްކުރެއެވެ.
އަޙްމަދު ހުޞައިން ވަނީ ލާމަރުކަޒީ ނިޒާމްގެ ޤާނޫނަށް ގެނެވުނު ބައެއް އިސްލާހުތަކުގެ ޑްރާފްޓް ތައްޔާރަކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައެވެ. އަދި މި ނިޒާމަށް އަހުލުވެރިކުރުމަށް އެހެން ކައުންސިލްތަކަށް ވޯކްޝޮޕްތައް ވެސް ހިންގައިދީފައެވެ. އެހެންކަމުން އޭނާ އެދެނީ މި ނިޒާމަށް ފަރިތަ، ތަޖުރިބާއި ހުރި، ޢަމަލާއި ބަހުން އެކަން ދެއްކި ބަޔަކަށް ކައުންސިލުން އެ ފުރުސަތު ދިނުމެވެ. ރައްޔިތުން ވިސްނަވާށެވެ. އެ ޓީމަކީ މިއީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް