ޖާންވީ ރާއްޖޭގައި، އިންޑިއާ ތަރިންގެ ޗުއްޓީ މަންޒިލަށް އާދެވުމުން އުފާވެފައި!

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ޕަކޫރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. ޖާންވީ ރާއްޖެ އައިސް އުޅެނީގާތް އެކުވެރިންތަކަކާއި އެކު އެވެ. ޗުއްޓީ ހޭދަ ކުރަމުން ދަނީ  ވެސްޓ...

09 Apr 2021 | 04:15

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ޕަކޫރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ޖާންވީ ރާއްޖެ އައިސް އުޅެނީގާތް އެކުވެރިންތަކަކާއި އެކު އެވެ. ޗުއްޓީ ހޭދަ ކުރަމުން ދަނީ  ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓްގައި އެވެ.

ރިސޯޓުގައި ނަގާފައިވާ ހިތްގައިމު ފޮޓޯތައް އޭނާ ދަނީ ރަސްމީ އިންސްޓަގްރާޕް ޕޭޖުގައި ހިއްސާ ކުރަމުންނެވެ. އެކުވެރިންނާއި އެކު ނަގާފައިވާ ފޮޓޯތަކާއި އޭނާ އެކަނި ނަގާފައިވާ ހިތްގައިމު ފޮޓޯޓަކަށް އެތައް ލައްކަ ބަޔަކު ދަނީ ލައިކްދީ ކޮމެންޓު ކުރަމުންނެވެ.

ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކުރަމުން ޖާންވީ ބުނެފައިވަނީ އިންޑިއާގެ ތަރިންގެ ޗުއްޓީ މަންޒިލަކަށް ރާއްޖެ ވެފައިވާ އިރު އެ ލިސްޓިގައި އެންމެ ފަހުން އޭނާ ވެސް ހިމެނިއްޖެ ކަމަށެވެ. އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.

https://www.instagram.com/p/CNZKBDaFsH7/

ޖާންވީ އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވާ އޭނާގެ އުމުރުން ތަންކޮޅެއް ހަގުއިރު އާއިލާ އާއި އެކުއެވެ. އެ ދަތުރުގައި މަންމަ ޝްރީދޭވީ އާއި ބައްޕަ ބޯނީކަޕޫރު އަދި ކޮއްކޮ ހުޝީ ކަޕޫރު ބައިވެރިވެފަ ވެއެެވެ.

ޖާންވީ ބޮލީވުޑަށް ތައާރަފުވީ 2018 ވަނަ އަހަރު ފިލްމު "ދަޅަކް" އިންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 11 ގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ރޫހީ" އެވެ.

ޖާންވީގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ" އާއި "ތަޚުތު" އާއި މަލަޔާޅަމް ފިލްމު "ހެލެން" ގެ ހިންދީ ރިމޭކާއި "ބޮމްބޭ ގާލް" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް