އަންނަ ހަފްތާގައިވެސް ތައުލީމުދޭ ތަންތަން ބަންދު ކުރަން އަންގައިފި

އަންނަ ހަފްތާގައިވެސް ތައުލީމުދޭ ހުރިހާ ތަނެއް ބަންދު ކުރަން އަންގައިފި އެވެ. ތައުލީމުދޭ ތަންތަން ބަންދު ކުރަން އަންގާފައިވަނީ މިމަހުގެ12 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށެވެ. ޑައިރެކްޓާ ...

09 Apr 2020 | 16:59

އަންނަ ހަފްތާގައިވެސް ތައުލީމުދޭ ހުރިހާ ތަނެއް ބަންދު ކުރަން އަންގައިފި އެވެ.

ތައުލީމުދޭ ތަންތަން ބަންދު ކުރަން އަންގާފައިވަނީ މިމަހުގެ12 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ސްކޫލްތަކާއި، ކޮލެޖު، ޔުނިވާސިޓީ އަދި ތަމްރީންދޭ ތަންތަން ބަންދު ކުރަން އަންގާ ކަމަށެވެ. އަދި އަމިއްލަ ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތަކުގެ އިތުރުން ގޭގެއަށް ގޮސް ޓިއުޝަން ދިނުން ވެސް މަނާވާނެ އެވެ.

އެކަމަކު މި ނިންމުން ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ބޭނުންވެއްޖެ ހިނދެއްގައި އުވާލުމުގެ ބާރު އޮންނާނެ ކަމަށް އެންގުމުގައި ބުނެފައިވެ އެވެ.

މިއަދު ވަނީ މާލެ ސަރަހައްދުގައި ކޯވިޑް-19 އާއި ގުޅިގެން ހިންގި ކާފިއު އުވާލާފައި އެވެ. މިދިޔަ ހަފްތާގައިވެސް ތައުލީމްދޭ ތަންތަން ބަންދު ކުރަން އެޗްޕީއޭއިން އަންގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް