ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ މެލޭޝިއާގައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިކަން ހާމަ ކުރީ އެ ގައުމުގެ ހެލްތް މިނިސްޓްރީން ކުރި ޓުވީޓެއްގައި އެވެ.
އެ ގައުމުގެ ހެލްތު މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގައި ވާގޮތުން މިއަދު ބައްޔަށް ޕޮސިޓިވްވެފައިވާ 416 މީހުންނަކީ މެލޭޝިއާގައި ތިބި އެހެން ގައުމުތަކުގެ މީހުންނެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
https://twitter.com/KKMPutrajaya/status/1248176707766349833
މެލޭޝިއާ މިވަގުތު ބަންދުކޮށްފައި އޮތް އިރު އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން200 މީހުން އިއްޔެ ރޭ ވަނީ ރާއްޖެ ގެނެސްފައި އެވެ.
މެލޭޝިއާގެ އިތުރުން އިނގިރޭސިވިލާތުގައި ދިރިއުޅޭ ތިން ދިވެއްސަކުވެސް ވަނީ ވައިރަހަށް ޕޮސިޓިވްވެފައި އެވެ. އެކަމަކު މިކޭސްތައް ދިވެހި ސަރުކާރުން ކަށަވަރެއް ނުކޮށްދެ އެވެ.
މެލޭޝިއާގައި މިހާތަނަށް ކޯވިޑް-19 އަށް4،119 މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ. އަދި65 މީހަކު ބަލީގައި ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް