ޕޮޒިޓިވް މީހަކާ ސީދާ ގުޅުން ހުރި ދިވެއްސެއްގެ ގައިން އަލާމާތް ފެންނާތީ ޓެސްޓްކުރަނީ

ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ބިދޭސީ އަކާއި ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެއްގެ ފަރާތުން ބައްޔަށް ޝައްކުކުރެވޭ އަލާމަތް ތަކެއް ފެނުމުން ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ...

09 Apr 2020 | 10:27

ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ބިދޭސީ އަކާއި ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެއްގެ ފަރާތުން ބައްޔަށް ޝައްކުކުރެވޭ އަލާމަތް ތަކެއް ފެނުމުން ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ޓެސްޓްކުރަމުން ދަނީ ރާއްޖެއިން ފުރިފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީއަކާއި ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެއްކަމަށެވެ. އެ މީހާ މިހާރުވަނީ މޮނީޓަ ކުރުމަށް ފެސިލިޓީއެއްގައި އެކަހެރިކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެއީ ޖޯލި މޯލްވިވްސްގައި މަސައްކަތް ކުރުމަށް ފަހު ރާއްޖެއިން ދިޔަ ފަހުން ވައިރަހަށް ޕޮސިޓީވްވި މީހާއާއި ގުޅުން ހުރި މީހެކެވެ. އެމީހާ އަކީ ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގެ މުވައްޒަފެއް ކަމަށްވެ އެވެ.

މި މައްސަލައިގަ މިހާތަނަށް އެމީހާ އާއި ގުޅުން ހުރި33 މީހަކު ފާހަގަ ކުރެވި އައިސޮލޭޝަންގައި ވަނީ ބައިތިއްބާ އެވެ. އަދި21 މީހެއްގެ ސާމްޕަލް އިއްޔެގެ ނިޔަލަށް ނަގާފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެމީހާ ރާއްޖެއިން ފުރާފައިވަނީ މިދިޔަ މަހުގެ31 ވަނަ ދުވަހު އެވެ. އޭނާ ބައްޔަށް ޕޮސިޓިވްކަން އެނގުނީ މިމަހުގެ ހަވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް