މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތާއި މެދު މިއަދު ނިންމުންތަކެއް ނިންމާނެ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހަވީރު5:00 ން ރޭގަނޑު8:00 އަށް ކާފިއު ހިންގަން ފެށީ ވަކި މުއްދަތެއް ނެތްގޮތަށެވެ.
ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ގޮތެއް ނިންމަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި މެދު ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މަބްރޫކަށް އޮޅުމަކުން ވިދާޅުވެވުނު އެއްޗެެވެ.
ކާފިއުގެ ވަގުތާއި މެދު ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) އިން ގޮތެއް ނިންމާ އިއުލާނު ކުރާނެ ވަގުތެއް ނޭނގެ އެވެ. އެކަމަކު ދުވަހަށް މައުލުމާތު ލިބިފައިވާގޮތުގައި ކާފިއު އާއި ގުޅިގެން ނިންމަންޖެހޭ ނިންމުތަކާއި ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއި މިހާރު ވަނީ މަޝްވަރާ ކޮށްފައި އެވެ.
އެކަމަކު ނިންމަނީ ކާފިއުގެ ވަގުތު އިތުރު ކުރަން ކަމެއް ނުވަތަ އުވާލަން ކަމެއް ނޭނގެ އެވެ. ކޯވިޑް-19 މުޖުތަމައުއަށް ފެތުރުނަ ނުދިނުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާފިއު ހިންގަން ފެށިޔަސް މިހާތަނަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާލުން ނުލިބޭ ކަމަށް ޓެގް ޓީމުން ދަނީ ބުނަމުންނެވެ.
ކޮންމެ ދުވަހަކު100 އަށްވުރެ ގިނަ މީހުން ކާފިއު ގަޑީގަ ބޭރަށް ނުކުމެގެން ފުލުހުން ނަސޭހަތް ދޭން ޖެހޭއިރު މިހާތަނަށް ދެ މީހަކު ވަނީ ޖޫރިމަނާ ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް