އިމިގްރޭޝަން ސިސްޓަމްގެ ލޮގިން ބަންގްލަދޭޝް މީހުން އަތުގައި އޮވޭ: ރީކޯ މޫސަ

ރާއްޖެ އަށް ބިދޭސީން އެތެރެވުމަށް ބޭނުން ކުރާ އިމިގްރޭޝަންގެ ބޯޑަރު ސިސްޓަމް ލޮގިން ޕާސްވޯޑު ބަންގްލަދޭޝް މީހުން އަތުގައި ވެސް އޮންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވ...

09 Apr 2020 | 08:16

ރާއްޖެ އަށް ބިދޭސީން އެތެރެވުމަށް ބޭނުން ކުރާ އިމިގްރޭޝަންގެ ބޯޑަރު ސިސްޓަމް ލޮގިން ޕާސްވޯޑު ބަންގްލަދޭޝް މީހުން އަތުގައި ވެސް އޮންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު ތުހުމަތު ކުރައްވައިފި އެވެ.

ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ބިދޭސީން އެތެރެވުމަށް ބޭނުންކުރާ އިމިގްރޭޝަން ސިސްޓަމް އަށް ލޮގިން ވެވޭ ޕާސްވޯޑް ފަސްދޮޅަހަކަށް މީހުންގެ އަތުގައި އޮންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމީހުންގެ ތެރޭގައި ބަންގްލަދޭސް މީހުން ވެސް ތިބި ކަމަށް އޭނާގެ ޓްވީޓްގައި ވިދާޅުވިއެވެ.

"ބިދޭސީން ރާއްޖެއެތެރެކޮށް އިންސާނީ ވަގުވިޔަފާރި ކުރި ބަޔަކު ތިބޭނެ އެހެޔޮ ދޭސީ ވިޔަސް ބިދޭސީ ވިޔަސް" ރީކޯގެ ޓްވީޓްގައި ވިދާޅުވިއެވެ.

އެގޮތުން މަޖިލީހާ ސަރުކާރުން އަވަސްގޮތެއްގާ މިމީހުނާ މެދު ފިޔަވަޅުއެޅުންމުހިއްމުކަމަށާއި އެހެންނޫނީ މިވިޔަފާރީގަބައިވެރިވާ ބިދޭސީންވެސް ސަރުކާރުޚަރަދުގަ ބާއްވާ ފްލައިޓުން ފުރައިގެން ދާނީ ކަމަށް ރީކޯ ވިދާޅުވިއެވެ.

https://twitter.com/ReekoMoosa/status/1248102292793905152

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް