ޓްރިވެންޑްރަމްއާ ކޮޗިންގައި ތިބި އާއިލާތަކަށް ކާގޯ ފޮނުވުމަށް ހުޅުވާލައިފި

އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވޭނެ ގޮތް ހަމަޖައްސައިފި އެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ތަކެތި ފޮނުވަން ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު މ...

09 Apr 2020 | 07:49

އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ތަކެތި ފޮނުވަން ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު މޯލްޑިވިއަނުން ޓްރިވެންޑްރަމްއަށް ކުރާ ދަތުރު ގައިކަމަށެވެ. މިފަހަރު ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ފޯމް ހުށަހަޅާ 600 ފަރާތަށެވެ.

އެކަމަށް ބޭނުންވާ ފޯމް ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެކަމަށް ވެސް ބުނެފައިވެއެވެ. ފޯމް ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ.

ކާގޯގެ ގޮތުގައި ޓްރިވެންޑްރަމް އާއި ކޮޗިންގައި އަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގްރާމްގެ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި:

  1. ބޭސް (ޑޮކްޓަރުގެ ބޭސް ސިޓީ އޮންނަންވާނެ)
  2. މަސްދަޅު ކޭސް
  3. ނޫޑްލްސް ކޭސް
  4. ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  5. މަސް / ފަތް ޕެކެޓު / ފިހާރަތަކުން ވިއްކާ ޕެކެޓްކޮށް ބަންދުކޮށްފައިވާ ކާބޯތަކެތި

ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތި:

  1. ފައިސާ
  2. ރޯމަސް
  3. ކިއްލި
  4. ހެދިކާ
  5. މޭވާ
  6. ތަރުކާރި
  7. ސިނގިރެޓް އަދި ދުންފަތުގެ ބާވަތްތައް
  8. ހަނޑޫ، ހަކުރު، ފުއް

ތަކެތި ހަވާލު ކުރަން ގެންދަން ޖެހެނީ ފޮށިގަނޑެއްގައި ބަންދު ނުކޮށެވެ. (ބަންދު ކުރާނެ ޓޭޕްރޯލް ފަދަ ތަކެތި ގެންދަން ޖެހޭނެ) ތަކެތި ބަންދު ކުރަން ޖެހޭނީ ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީން ފޮނުވާ ތަކެތި ބެލުމުންނެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރުތަކުން އޭޕްރިލް 10 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެނދުރު 11:00 އަށް، އަދި މެންދުރު 14:00 އިން ހަވީރު 06:00 އަށް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.

މީގެ ކުރިން ސްރީލަންކާ އަދި މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށް ތަކެތި ފޮނުވުމުގެ ފުރުސަތު ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް