އިނގިރޭސިވިލާތުގައި އިތުރު ދިވެއްސަކަށް ކޯވިޑް-19 ޖެހިއްޖެ

އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ގައިން ބަލީގެ އަލާމާތްތައް ފެންނާތީ ވައިރަހަށް ޓެސްޓުކޮށް ނަތީޖާ ލިބިފ...

09 Apr 2020 | 07:48

އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ގައިން ބަލީގެ އަލާމާތްތައް ފެންނާތީ ވައިރަހަށް ޓެސްޓުކޮށް ނަތީޖާ ލިބިފައިވާ އިއްޔެ އެވެ. އެ މީހާގެ އާއިލާއިން ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. އަދި މިވަގުތު ހުރީ ގޭގައި އައިސޮލޭޓްވެގެންނެވެ.

މީގެ ކުރިން އެގައުމުގައި ދިރިއުޅޭ ދެމަފިރިއަކު ވަނީ ވައިރަހަށް ޕޮސިޓިވްވެފައި އެވެ. އެކަމަކު އެ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި އެއީ ތެދު ހަބަރެއްކަން މިހާތަނަށްވެސް ދިވެހި ސަރުކާރުން ޔަގީން ކޮށްދީފައެއް ނުވެ އެވެ. އެމީހުން ޕޮސިޓިވް ވިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ހަތަރު ދިވެހިންނަކީ އިނގިރޭސިވިލާތުން އައި މީހުންނެވެ. އެމީހުން އެ ގައުމުން އައިންސުރެ ތިބީ ކަރަންޓީން ފެސިލިޓީތަކުގައި އެވެ.

އެހެންވެ ސަރުކާރުން ވަނީ މިދިޔަ މަހުގެ14 ން19 އަށް ރާއްޖެއަށް އިނގިރޭސިވިލާތުން އައި ހުރިހާ ދިވެހިން ޓެސްޓުކޮށްފައި އެވެ. މިހާތަނަށް75 މީހަކު ޓެސްޓު ކުރި އިރު އެންމެންވެސް ބައްޔަށް ނެގެޓިވް އެވެ.

މިހާތަނަށް އިނގިރޭސިވިލާތުގައި61،474 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު7،111 މީހުން ވަނީ ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް