ޕިކަޕަކާ ސައިކަލެއް ޖެހި ހުޅުމާލޭގައި އެކްސިޑެންޓްއެއް ހިނގައިފިއެވެ.
އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ރީތިގަސް މަގާއި އަސުރުމާ ހިނގުން ގުޅުނު ކަންމަތިންނެވެ. ފުލުހުން ބުނީ ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނި މިއަދު 10:03 ހާއިރުކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއަށެވެ. އެމީއާއަށް ފަރުވާދެމުން ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެވެ.
ޕިކަޕުގައި އިން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް