އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ހޯލްސޭލް ކޮށް ވިއްކަނީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކަން ފަށައިފިއެވެ. ފިޔާ، އަލުވި އަދި ބިހުގެ އާ ސްޓޮކެއް އައުމާ އެކު އެ ކުންފުނިން ވަނީ އެ ތަކެތި އަލުން ހޯލްސޭލްކ...

09 Apr 2020 | 07:06

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކަން ފަށައިފިއެވެ.

ފިޔާ، އަލުވި އަދި ބިހުގެ އާ ސްޓޮކެއް އައުމާ އެކު އެ ކުންފުނިން ވަނީ އެ ތަކެތި އަލުން ހޯލްސޭލްކޮށް ވިއްކަން ނިންމާފައެވެ. އެގޮތުން ފިޔާ ބަސްތާއެއް 325 ރުފިޔާ އަށް ވިއްކާ އިރު، އަލުވި ބަސްތާއެއް ވިއްކަނީ 250 ރުފިޔާއަށެވެ. ބިސް ކޭހެއް ވިއްކަނީ 290 ރުފިޔާ އަށެވެ.

ހޯލްސޭލްކޮށް މި ތަކެތި ވިއްކުމަށް ހަމަޖެހިފައި ވަނީ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯގެ ގުދަނުން ނެވެ.

ގުދަން ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 09:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 1:00 އިން ހަވީރު 3:15 އަށެވެ. ހުކުރު ދުވަހު ގުދަން ބަންދު ވާނެއެވެ.

ފިޔާ، އަލުވި އަދި ބިސް ރީޓެއިލް ކޮށް ގަންނަން ލިބޭނީ އެސްޓީއޯ ސުޕަމާޓުންނެވެ. ރީޓެއިލް ކޮށް ފިޔާ އަދި އަލުވި ކިލޯއެއް ވިއްކާ އަގަކީ 12 ރުފިޔާ އެވެ. ބިހެއް ވިއްކަނީ އެއް ރުފިޔާ ފަންސާސް ލާރިއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް