އާންމުކޮށް އޮޅުކޮށްގެން ނުވަތަ އާންމުން ގެންގުޅޭ ޖަނަވާރުތަކުގެ ތެރެއިން ކޯވިޑް-19 ޖެހުމުގެ ފުރުސަތު އޮތް ޖަނަވާރެއްގެ ގޮތުގައި ބުޅާ ފާހަގަ ކޮށްފި އެވެ.
ޖާނަލް ސައިންސްގައި ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ގައުމުތަކުގައި އާންމުންގެ ތެރޭގައި ގެންގުޅޭ ބުޅަލުން ވައިރަސްގެ އަސަރު ފެނިފައިވާ ކަމަށެވެ. އަދި ކުރިން ފެތރު ސާސް ވައިރަސް އާއި ކޯވިޑް-19 ބުޅަލުގެ ހަށިގަނގުގައި ހަރުލާ ހުންނަ ކަމަށް ބުނެފައިވެ އެވެ.
އެ ވައިރަސް ބުޅަލަށް ޖެހިފައިވާކަމަށް ބެލެވިފައިވަނީ މަގުމައްޗަށް ނެރެގެން ގެންގުޅުމުގެ ތެރޭގައި ވައިރަސް ޖެހިފައިވާ އެހެން އިންސާނުންގެ ގައިންނެވެ.
ބުޅަލުގައި ވައިރަސް ހަރުލަނީ ނޭފަތާއި އަނގައިގަ އެވެ. އަދި ބުޅަލުގެ އަނގައިން ނުކުންނަ ދަވައިންވެސް ވައިރަސް ޖެހިދާނެ އެވެ. އެހެންވެ އެ ދިރާސާގައި ވަނީ ގޭގައި ބުޅާ ގެންގުޅޭ މީހުން މި ދުވަސްވަރު ބުޅާ ބޭރަށް ނެރުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ބުނެފައި އެވެ.
ކޯވިޑް-19 އިންސާނުން ގަޔަށް އެރިކަމަށް ބެލެވިފައިވަނީ ވާލުގެ ޒަރިއްޔާއިންނެވެ. އެހެންވެ ގަބޫލު ކުރެވުނީ އެހެން ޖަނަވާރުތަކަށް މި ބަލި ނުޖެހޭ ކަމަށެވެ.
ކޯވިޑް-19 ގެ އަސަރު ފެނިފައިނުވާ ޖަނަވާރުތަކުގެ ތެރޭގައި ކުކުޅު، ކުއްތާ އަދި އަސްދޫނި ފަދަ ޖަނަވާރު ހިމެނެ އެވެ.
ކޯވިޑް-19 ބުޅަކަށް ޖެހޭކަން އެނގުނީ މި ވައިރަހަށް ވެކްސިނެއް ތައްޔާރު ކުރުމަށް ފަހު ޓެސްޓު ކުރަން ޖަނަވާރުންނަށް ޖެހުމަށް ވައިރަސް ޖެހިދާނެ ކަމަށް ބެލެވޭ ޖަނަވާރު ދެނެގަތުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެހެންވެ މިހާރު ވައިރަސް ޖެހިފައިވާ ބުޅާތަކަކަށް ވަނީ ޓެސްޓު ކުރަން ވެކްސިން ދީފައި އެވެ.
މީގެ އިތުރުން ބުޅަލުގެ އާއިލާ ކަމަށްވާ މިނިކާވަގަށްވެސް ކޯވިޑް-19 ޖެހެ އެވެ. އެކަން އެނގުނީ އެމެރިކާގެ ޒުލެއްގައި އޮތް މިނިކާވަގެއްގެ ކިބައިން ކޯވިޑް-19 ގެ އަސަރުތައް ފެނިގެން ޓެސްޓު ކުރި އިރު ބައްޔަށް ޕޮސިޓިވްވުމުންނެވެ. އެ މިނިކާވަގަށް ވައިރަސް ޖެހިފައިވަނީ ޒޫ ބަލަހައްޓާ މީހެއްގެ ފަރާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް