ކޯވިޑް-19: އިނގިރޭސިވިލާތުން ކުރިން އައި 75 މީހަކު ނެގެޓިވް

މިދިޔަ މަހުގެ 14 ވަނަ ދުވަހާ 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެންނާއި އަދި އެމީހުންނާއި ކޮންޓެކްޓް ވީ މީހުންގެ ތެރެއިން މިހާތަނަށް ޓެސްޓު ކުރި އެންމެން ބައްޔަށް ނެގެޓިވް ކަމަށް...

09 Apr 2020 | 05:02

މިދިޔަ މަހުގެ 14 ވަނަ ދުވަހާ 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެންނާއި އަދި އެމީހުންނާއި ކޮންޓެކްޓް ވީ މީހުންގެ ތެރެއިން މިހާތަނަށް ޓެސްޓު ކުރި އެންމެން ބައްޔަށް ނެގެޓިވް ކަމަށް ސަރުކާރުން ބުނެފި އެވެ.

މިހާތަނަށް ޓެސްޓް ކުރީ އޭގެ ތެރެއިން 75 މީހަކެވެ. ކޯވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެ މުއްފަތުގައި ރާއްޖެ އައި މީހުން ޓެސްޓު ކުރަން ނިންމާފައިވަނީ އިނގިރޭސި ވިލާތުން އައި ހަތަރު މީހުން ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށެވެ.

އެ މުއްދަތުގެ ފަހުން އިނގިރޭސިވިލާތުން އައި މީހުން ދަނީ ކަރަންޓީން ކުރަމުންނެވެ.

ރާއްޖެއިން ބޭރުން އަންނަ އެންމެން ނިމިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ދަނީ ކަރަންޓީނު ކުރަމުންނެވެ. އަދި ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓް ކުރާނެ އެވެ.

މިހާތަނަށް ކަރަންޓީނުން300 އަށްވުރެ ގިނަ މީހުން ދޫކޮށްލާފައިވާއިރު އެއްވެސް މީހަކު ބައްޔަށް ޕޮސިޓިވް ވެފައެއް ނުވެ އެވެ.

ކޯވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު 13 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި ފަރުވާދެނީ ހަތަރު ދިވެހިން އެކަނި އެވެ. ޕޮޒިޓިވްވި އިޓަލީ ދެ މީހުން ވަނީ ފުރައިގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް