ކޯވިޑް-19 މިހާރު އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ އެމެރިކާގައި ބައްޔަށް ފަރުވާ ދިނުމުގައި ކަޅު ނަސްލު (އެފްރިކަން އެމެރިކަން) ގެ މީހުންނަށް ތަފާތު ކުރުން ގެންގުޅޭކަން ހާމަވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށް އެ ގައުމުން ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރެއިން42 ޕަސެންޓު މީހުންނަކީ ކަޅު ނަސްލުގެ މީހުންނެވެ. މިހާތަނަށް މަރުވި މީހުންގެ ތެރެއިން ސީދަ މަރުވެފައިވާ ކަޅު ނަސްލުގެ މީހުންގެ އަދަދު ހާމަ ނުކުރިޔަސް ބައެއް ސްޓޭޓްތަކުގައި ވަކިން މަރުވި މީހުންގެ ނަސްލު ދަނީ ހާމަ ކުރަމުންނެވެ.
އެންމެ ހަލުވިކަމާއި އެކު އެމެރިކާގައި ވައިރަސް ފެތުރެމުންދާ ސިޓީތައް ކަމަށްވާ ވެރިރަށް ނިއު ޔޯކް، ޑެޓްރޮއިޓް، ނިއު އޯލިއަންސް އަދި ޗިކާގޯ ފަދަ ސިޓީތަކުގައި މިބަލި އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދަނީ ކަޅު ނަސްލުގެ މީހުންގެ މެދުގައި އެވެ. އެގޮތުން މިމަހުގެ ފަސް ވަނަ ދުވަހާއި ހަމައަށް ނިއުޔޯކުން މަރުވި1،555 މީޙުންގެ ތެރެއިން428 މީހުންނަކީ ކަޅު ނަސްލުގެ މީހުންނެވެ.
އެމެރިކާގައި ސިއްހީ މައްސަލަތައް އެންމެ ގިނައީ ކަޅު ނަސްލުގެ މީހުންގެ މެދުގައި އެވެ. އާންމުކޮށް ކަޅު ނަސްލުގެ މީހުންނަކީ ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހަކުރު ބައްޔާއި ފަލަވުމުގެ މައްސަލަތައް އިތުރު ބައެކެވެ.
މި ބަލިތައް އެމީހުންގެ މެދު އާންމުވެގެން ގޮސްފައިވަނީވެސް ހޮސްޕިޓަލްތަކުންނާއި ސިއްހީ ހިދުމަތްތެރިން އެމީހުންނަށް ފަރުވާ ދިނުމުގައި އަޅާލުން ކުޑަވެފަ ފަރުވާ ކުޑަކަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ބަލިތަކަކީ މިހާރު ފެތުރެމުންދާ ކޯވިޑް-19 ގައި ހާލު އެންމެ ސީރިއަސްވެ މަރުވުމުގެ ފުރުސަތު ބޮޑު މީހުންގެ ގައިން ފެންނަ ބަލިތަކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކޯވިޑް-19 ގައި ފަރުވާ ދިނުމުގައިވެސް ނަސްލީ ތަފާތު ކުރުން ގެންގުޅެ އެވެ. އެގޮތުން ބައްޔަށް ގުޅޭ އެންމެ އެކަށީގެންވާ މައުލޫމާތު ކަޅު ނަސްލުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފޯރުކޮށް ނުދޭ ކަމުގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ.
މިކަމާ ބައެއް ސިޓީތަކުގެ މޭޔަރުން ދަނީ ހިތްހަމަނުޖެހުންވެސް ފާޅު ކުރަމުންނެވެ. އަދި މިއީ ބެލެންޖެހޭނެ ކަންކަން ކަމަށް ބުނެފައިވެ އެވެ.
މިހާތަނަށް އެެމެރިކާގައި404،352 މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު13،829 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް