ޕާކިސްތާނު އަދި ޗައިނާ ގުޅިގެން އުފެއްދި ޖޭ.އެފް-17 މަރުކާގެ ފައިޓާ ޖެޓު ޕްރޮޖެކްޓް ފެއިލްވެއްޖެއެވެ.
"ތަންޑާ"ގެ ނަމުން ނަންދެވި ޕާކިސްތާނުން އުފެއްދި ފައިޓާ ޖެޓު ޖޭ.އެފް-17 އަކީ އަގުހެޔޮ، ލުއި އަދި މޫސުމީ ބަދަލަކަށް ނުބަލައި ދުއްވޭގޮތަށް ތައްޔާރުކުރެވުނު ނަމަވެސް މަރާމާތާއި ގެންގުޅުމުގެ ހަރަދު ބޮޑު ކަމުން މީތި ވެގެންދިޔައީ ޕާކިސްތާނުގެ ބޮލުގައި އެޅުނު ބޮޑު ބުރަޔަކަށެވެ.
ޖޭ.އެފް-17 އަކީ ތައްޔާރުކުރުމާއި އުފެއްދުމުގެ ހަރަދު ދެފަރާތުން ކުރާގޮތަށް ނިންމައި، 1999 ގައި ޕާކިސްތާނާއި ޗައިނާއާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން، ފެށިގެންދިޔަ ޕްރޮޖެކްޓެކެވެ. މިގޮތުން ޕާކިސްތާނުގެ އުއްމީދަކަށްވީ މި ޖެޓުގައި ރަޝިއާގެ "ކްލިމޮވް އާރު.ޑީ 93"ގެ އިންޖީނުއަޅުވައި، މިބާވަތުގެ އެހެން ހަތިޔާރު ކަމަށްވާ މިގް-29 އަދި މިރާޖް-2000 ފަދަ ޖެޓަކަށްވުމެވެ. ނަމަވެސް، ފައިޓާ ޖެޓުތައް ދިރާސާކުރާ ބަޔެއް ކަމުގައިވާ ޕެންޓަޕޮސްޓަގމާ އިން ވަނީ ޖޭ.އެފް-17 އަކީ އެބާވަތުގެ ފައިޓާޖެޓުތަކާއި އެއްވެސް ގޮތަކުން ގާތްކުރާ ޖެޓެއް ނޫންކަމަށް ބުނެފައެވެ.
2019ގެ ފެބްރުވަރީ 27 ވަނަ ދުވަހު އިންޑިޔާގެ އެއާ ފޯސްއިން ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކަށް ދިން ހަމަލައެއްގެ ބަދަލުގައި ޖޭ.އެފް-17އިން އެހާ ބޮޑުވަރު ނުކުރެވޭކަމަށްވެސް ރިޕޯޓްކުރެވުނެވެ.
ޕާކިސްތާނުން އުފެއްދި އެންމެ ވަރުގަދަ ފައިޓާރ ޖެޓު އެފް-16 ވައްޓާލާނެކަމަށް ބެލެވުނު ޖޭ.އެފް-17އިން ވަނީ ހީކުރިވަރަށްވުރެ ދަށްކޮށް 27 ފެބްރުއަރީ 2019 ގައި ބޭއްވުނު ދައްކާލުމުގައި ތަމްސީލުކޮށްފައެވެ. އަދި މީގެ ރާޑަރާއި ހަތިޔާރު ގެންގުޅޭ ނިޒާމުގައި މައްސަލަ އުޅޭ ކަމަށްވެސްއެވެ. މީގެ އިތުރުން ތަމްރީނުތަކުގައި ތަމްސީލު ކުރިއިރު މި ޖެޓުގެ 23 އެމް.އެމް ބަޑި ޖެހުމުގެ ނިޒާމަށް ކުރިމަތިވި ކަމަކުން ހުއްޓުން އައިކަމަށްވެސް ރިޕޯޓް ކުރެވިފައިއެވެ.
މިޖެޓްގައި އަޅުވާފައިވާ ރަޝިޔާގައި އުފައްދާ އާރު.ޑީ.93ގެ އިންޖީނަކީ ސާވިސްކުރަންވެސް އުންދަގޫ އިންޖީނެއް ކަމަށް ވުމަކީ މި ޖެޓު ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ މައިގަނޑު އެއް ސަބަބެވެ.
ޕެންޓަޕޮސްޓަގމާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ މިހާރު އަމާޒު ހުރީ ޗައިނާއިން އުފައްދާފައިވާ ޖޭ-10 މަރުކާގެ ފައިޓާ ޖެޓާ ދިމާލަށެވެ. މިޖެޓުގެ އަގަކީ 25 މިލިއަން ޑޮލަރަށް ވެފައި އެންމެ އަގުހެޔޮ އެއް ޖެޓެވެ. ނަމަވެސް ޑޮލަރުގެ އަގަށް އައި ބަދަލާ ގުޅިގެން މި ޖެޓު ގަތުމުގައިވެސް އުނދަގޫތަކެއް ދިމާވުން އެކަށީގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް