މަހެއް ފަހުން ފުވައްމުލަކު ސިޓީން މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.
އެ ސިޓި މޮނިޓަރިންގެ ހާލަތަށް ގެނައި ކޯވިޑް ކޭސްތަކެއް ފެނި މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ސިޓީގައި ކޯވިދްގެ ތިން ކްލަސްޓައެއް އުފެދުނެވެ.
އެޗްއީއޯސީން ބުނީ މޮނިޓަރިންއަށް ލީ ދުވަހުން ފެށިގެން އިއްޔެ އާއި ހަމައަށް 1،014 ރެންޑަމަ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިހާރު ޕޮސިޓިވްވަމުން ދަނީ ޕޮސިޓިވްވި މީހުންގެ ކޮންޓެކްޓުން ކަމަށާއި އެމީހުން ތިބީ ކަރަންޓީންގައި ކަމަށެވެ.
ފުވައްމުލަކުން ޖުމްލަ 54 މީހުްނ ކޯވިޑަށް ޕޮސިޓިވްވި އެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 10 މީހުންނަށެވެ.
އަނެއް44 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މޮނިޓަރިންގެ ހާލަތުގައި ފުވައްމުލަކު އޮތް އިރު ޖަމާއަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނަކުރި އެވެ. ރޭގަނޑު 800 ން ފަތިހު 430 އަށް އެ ސިޓީގައި ކާފިއު ހިންގި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް