އިތުރު 115 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 98 މީހުންނެވެ. ރިސޯތުތަކުން 12 މީހަކު ޕޮސިޓިވްވެފައިވެ އެވެ. މީހުން ދިރިއުޅޭ ރަށްތަކުން ފަސް މީހަކު ޕޮސިޓިވްވެފައިވެ އެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،877 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުންދަނީ 2،535 މީހުންނަށެވެ. އޭގެ ތެރެއިން 165 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 18،428 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ. މި ބަލީގައި މަރުވެފައިވަނީ 64 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 21،034 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް