އަންމަޓީ ނުގެނެވިގެން އުޅެނީ ލަންކާ ފުލުހުން އޭނާގެ މައްސަލައެއް ބަލާތީ

ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ ނުގެނެވިގެން އުޅެނީ ސްރީލަންކާ ފުލުހުން އޭނާ އާއި ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ. ހ...

09 Mar 2021 | 16:19

ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ ނުގެނެވިގެން އުޅެނީ ސްރީލަންކާ ފުލުހުން އޭނާ އާއި ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށް ފަހު އަންމަޓީ ފިލައިގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު އަންމަޓީ ހޯދަން އިންޓަޕޯލް މެދުވެރިކޮށް އޮތީ ރެޑް ނޯޓިސް ނެރެފަ އެވެ. ލަންކާ ފުލުހުން އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ22 ވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަންމަޓިގެ މައްސަލައެއް ލަންކާ ފުލުހުން ބަލަމުންދާތީ އޭނާ ހުރީ އަދިވެސް އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ މައްސަލަ ނުނިމޭތީ އޭނާ ރާއްޖެ ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސީލައިފް އިން ފްލެޓު ދޭނެ ކަމަށް ބުނެ 280 މީހަކު އަތުން އޭނާ ފައިސާ ހޯދާފައިވެ އެވެ.  ކޮންމެ މީހެއްގެ އަތުން ބުކިން ފީ އެއްގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާއިރު، އެ ފައިސާތައް ހިފައިގެން އޭނާ ވަނީ ފިލާފަ އެވެ.

މި ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ދެއްކިއިރު ބައެއް ފަރާތްތަކުން ވަނީ ފުލް ޕޭމެންޓް ދައްކާފަ އެވެ. އެކަމަކު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް