ޓެކުހަށް ރަޖިސްޓަރީކުރަން އެހީތެރިވުމަށްޓަކައި މީރާއިން ހާއްސަ ކެމްޕޭނެއް ފަށައިފި

ޓެކުހުގެ ޤާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީކުރެވިފައި ނުވާ ފަރާތްތައް ރަޖިސްޓަރީކުރުމަށް ބާރުއަޅައި އެހީތެރިވުމުގެ ގޮތުން މީރާއިން ހާއްސަ ކެމ...

09 Mar 2021 | 16:07

ޓެކުހުގެ ޤާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީކުރެވިފައި ނުވާ ފަރާތްތައް ރަޖިސްޓަރީކުރުމަށް ބާރުއަޅައި އެހީތެރިވުމުގެ ގޮތުން މީރާއިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނަކީ މީރާއިން މި އަހަރު ތައާރަފްކޮށްފައިވާ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕްލޭންގެ ދަށުން ހިންގާ ހަރަކާތެއްކަމަށް މީރާއިން މައުލޫމާތު ދެއެވެ. މި ކެމްޕޭނުގެ މަގްސަދަކީ، ޓެކުހުގެ ޤާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، މީރާގައި ރަޖިސްޓަރީކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން، އެ ފަރާތްތަކުން އަދާކުރަންޖެހޭ ޓެކުހާ ގުޅޭ އިލްތިޒާމުތައް ފުރިހަމަކުރުމަށް އެހީތެރިވެދިނުންކަމަށް މީރާއިން ފާހަގަކުރެއެވެ.

އަދި މި ކެމްޕޭނުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ވެސް ނިންމާފައިވާކަމަށް މީރާއިން ހާމަކުރެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅަން ޖެހެނީMIRA 117  (އިންކަމް ޓެކްސް ރެޖިސްޓްރޭޝަން)، އަދި ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހެނީ MIRA 105  (ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން) ފޯމު ކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެހެންކަމުން ޓެކުހުގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކުން ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް