މާދަމާއިން ފެށިގެން ޓްރީ ޓޮޕްއިން ޕީސީއާރު ހަދައިދޭ އަގު ކުޑަވާނެ ކަމަށް އެ ހޮސްޕޮޓަލުން ބުނެފިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ދިވެހީންނަށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް އަދި ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓު ހަދައިދޭ އަގު ހެޔޮކޮށްފަ އެވެ.
އެ ހޮސްޕިޓަލުން ބުނީ މިހާރުގެ އަގަކީ ދިވެހީންނށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް 699 ރުފިޔާ ކަމަށެވެ. އަދި ފަތުރުވެރިންނަށް ޕީސީއާރް ހެދޭނީ 45 ޑޮލަރަށެވެ.
ކުރިން އެ ހޮސްޕިޓަލުން ޕީސީއާރް ހަދައިދޭ އަގަކީ ދިވެހީންނަށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް 1،149 ރުފިޔާއަށް ކަމަށެވެ. އަދި ފަތުރުވެރިންނަށް 1،199 ރުފިޔާއަށް ޓެސްޓް ހެދޭނެ ކަމަށެވެ.
ޓްރީ ޓޮޕް އިން ވަނީ ޓެސްޓިން ކެޕޭސިޓީވެސް އިތުރުކޮށް ޓެސްޓުތަކުގެ ނަތީޖާ ލިބޭ ވަގުތުވެސް އަވަސްކޮށް، ޕީސީއާރު ޓެސްޓުގެ ނަތީޖާ 12 ގަޑިއިރުގެ ތެރޭގައި ލިބޭނެ ގޮތް ހަދާފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މީގެކުރިން ވަނީ ޕީސީއާރް ޓެސްޓެއް ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް 1،399 ރުފިޔާއަށް ހަދައިދީފައެވެ. އަދި ފަތުރުވެރިންނަށް އޭރު ޕީސީއާރް ހަދައިދީފައި ވަނީ 1،499 ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް