އުުތުރުގެ ތިން އަތޮޅަށް މިރޭވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެތް އޮފީހުން ވަނީ ހއ. ހދ އަދި ށ. އަތޮޅަށް ވައިޓް އެލާޓު ނެރެފަ އެވެ. އެލާޓު ނެރެފައިވަނީ ރޭގަނޑު 6:30 ން 10:00 އަށެވެ.
މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ވާރޭވެހި ގުގުރާނެ އެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ އިރުއުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެ އެވެ.
ހުރިހާ ސަރަހައްްދެއްގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ބުނެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް