އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކެމްޕެއިން ހަރަކާތަކުން ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މ ުހައްމަދު މަލީހު ޖަމާލު ފެނުން ބަލައި ނުގަނެވޭނެ ކަމަށް އޭނާ ނިސްބަތްވެވަޑައިގެންނަވާ ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
އިއްޔެ ބޭއްވި އިދިކޮޅު ކޯލިޝަންގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގައި މަލީހު އިންނަވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައި އެވެ. މިކަމާއި ގުޅިގެން މަލީހު ވިދާޅުވީ އެ ޖަލްސާއަށް ވަޑައިގެން ކައުންސިލް އިންތިހާބުގެ އިދިކޮޅު ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވީ ބަރުލަމާނީ ނިޒާމާއި ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
މިމައްސަލައިގަ ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިދިކޮޅު ކެމްޕޭން ހަރަކާތުގައި މަލީހް ބައިވެރިވެ ވަޑައިގެންނެވީ އެ ޕާޓީއަށް އެނގިގެން ނޫން ކަމަށާއި އެއީ ޕާޓީން ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ބަލައި ނުގަނެވޭނެ ކަމަށާއި އެ މައްސަލަ ޕާޓީގެ ކައުންސިލްއަށް ހުށަހަޅައިގެން ބަލާނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
އެކަމަކު ކޯވިޑްގެ ހާލަތާއި ގުޅިގެން ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް އަލީ ވިދާޅުވި އެވެ.
އަލީ ސޯލިހު ވިދާޅުވީ ފުވައްމުލަކު ސިޓި ކައުންސިލަށް ޖޭޕީގެ ކެންޑިޑޭޓުން ވާދަ ކުރައްވާތީ އެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުން ރަނގަޅުވާނެ ކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ޕާޓީ ރޫހު އިސްކުރައްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ސޯލިހު މިހެން ވިދާޅުވީ އިއްޔެގެ އިދިކޮޅު ކެމްޕެއިން ޖަލްސާއަށް ވަޑައިގެންނެވީ ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ރަށުގެ ޒުވާނުން ދިން ދައުވަތަށް ކަމަށް މަލީހު ވިދާޅުވެފައިވާތީ އެވެ. މަލީހް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކުން އޭނާގެ ތާއީދު އޮންނާނީ އިދިކޮޅުގެ ކެންޑިޑޭޓުންނަށެވެ.
މަލީހު މިނިސްޓަރު ކަމުން ވަކި ކުރަން ހުށަހެޅީ ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ނަހަދާ ކަމަށް ބުނެ އެވެ. އަދި އިންޓަނެޓް އަގުހެޔޮ ނުކުރުމަކީވެސް މައްސަލައެއްގެ ގޮތުގައި އެމްޑީޕީން ވާހަކަ ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް