ލ. ގަން-މުކުރިމަގު ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް 8 މާރޗް 2021 ވަނަ ދުވަހު ނިމިގައިވާ ކަމަށް އެމްޓިސީސީން ބުނެއެވެ.
މި މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން، 5،454 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ވަންނަން އޮންނަ ނެރު އަލުން ފުންކުރުމާއި، 1،938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މާޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.
މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 89.8 މިލިއަން ރުފިޔާ އަށެވެ،
މި މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް