ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގައި 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ. އަދި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢު ނިމޭއިރު ވާދޫގެ 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލެވިގެން ދާނެއެވެ.
ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ހަލުވިމިނެއްގައި އެމްޓީސީސީން ކުރަމުން އެބަ ގެންދެެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ގައު އެތުރުމުގެ މަސައްކަތެވެ.
ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތުގެ އިތުރުން، ފެންހިންދާ ނިޒާމެއް ޤާއިމުކުރެވިގެން ދާނެއެވެ.
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 2021 ޖަނަވަރީ 27 ގައި ވަނީ އެ ރަށުގެ މަގުތަކުގައި ތާރުއަޅާ ނިމިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް