ޖަމްޢިއްޔާ ތަކުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯޓް 31 މާރިޗު ގެ ނިޔަލަށް ހުށަހަޅަން ޖެހެއެވެ.
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ މަދަނީ ޖަމްޢިއްޔާތަކުގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މާރިޗު 2021 ވާ ބުދަ ދުވަހުގެ 14:00 ކަމުގައި ޔޫތް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
އެހެންކަމުން، މިމުއްދަތުގައި އަހަރީ ރިޕޯޓް ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
ކޮވިޑް19ގެ ސަބަބުން ބާއްވަން ޖެހޭ އާންމު ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޖަމްޢިއްޔާތަކުގެ ޖަލްސާތައް އޮންލައިކޮށް ބޭއްވުމަށާއި އަދި އެފަދަ ހާލަތުނެތް ރަށްރަށުގައި ޖަމްޢިއްޔާގެ ހިންގާ ގަވާއިދާއި އެއްގޮތަށް ބޭއްވުމަށް ޔޫތްމިނިސްޓްރީން އެދެއެވެ.
އަހަރީ ރިޕޯޓް މެއިލްކުރައްވާނަމަ ކުރާނީ [email protected] އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 3330808 ނަމްބަރ ފޯނަށް ގުޅުމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް