އިތުރު ހަތަރު ރިސޯޓެއްގައި ވޯޓް ފޮށި ބަހައްޓަން އީސީއިން ނިންމައިފި

އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ބަހައްޓަން އިޢުލާންކޮށްފައ...

09 Mar 2021 | 10:00

އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ބަހައްޓަން އިޢުލާންކޮށްފައިވާ ރިސޯޓުތަކުގެ އިތުރުން ، ހަތަރު ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން  ނިންމައިފިއެވެ.

ވޯޓު ފޮށި ބަހައްޓަން އިތުރު ކުރި ރިސޯޓްތައް:

ކ.ރަންނާޅި

ކ.ހެނބަދޫ

އދ.ތެލުވެލިގާ

އދ.މައްޗާފުށި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާ މީހުނަށް ކަމަށް އިލެކްޝަންސް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް