ސަރުކާރު ކޯލިޝަނުން ވަކި ނުވުމަށް ސޯޝަލް މީޑިއާގައި ފާޅު ކުރަމުންދާ ހިޔާލުތަކާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިންސަސްޕެންޑު ކޮށްފައިވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަދާލަތު ޕާޓީއަށް ގޮވާލައްވައިފި އެވެ.
ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސީނިއާ ލެކްޗަރާ އެކެވެ. ޑރ. އިޔާޒު ސަސްޕެންޑު ކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އެމްއެންޔޫގެ ވަޒީފާއިން ވަކި ކުރި ނަމަވެސް އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަންގައި ދެމި އޮތުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ މީހެއްގެ މަސްލަހަތަށްވުރެ ގައުމުގެ އަގު ބޮޑު ކަމަށެވެ.
ޑރ. އިޔާޒް ވިދާޅުވީ ވަކި ފަރުދަކާއި މެދު ކުރެވޭ އަނިޔާ އަކާއި ހުރެ މުޅި ދައުލަތަށް ގެއްލުން ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
https://twitter.com/dr_iyaz/status/1369212337861709826
ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ އޭނާ ސަސްޕެންޑު ކުރި މައްސަލައިގަ އަދާލަތުން އެއްޗެއް ބުނެފައި ނުވުމާއި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އެއްޗެއް ވިދާޅުވެފައި ނުވާތީ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނިކޮށެވެ.
ޑރ. އިޔާޒް އިއްޔެ ވިދާޅުވީ ހިތްހަމަނުޖެހުން ތަކެއް ހުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަންހާ ރަނގަޅު ވެރިކަމެއް ދެކިވަޑައިނުގެންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް