ވަކި ތަނެއްގައި މަސައްކަތްކުރާތީ ބޯހިޔާވަހިކަން ލިބިގެން ނުވާނެ: އީވާ

ވަކި ތަނެއްގައި މަސައްކަތް ކުރާތީ ބޯހިޔާވަހިކަން ލިބިގެން ނުވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. "ބޯހިޔާ ވަހިކަން ލިބެންޖެހޭނީ ޖުމްލަ ގޮތެއްގައި ރަށުތެރެއަށް ބަލާ ...

09 Mar 2021 | 07:24

ވަކި ތަނެއްގައި މަސައްކަތް ކުރާތީ ބޯހިޔާވަހިކަން ލިބިގެން ނުވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ބޯހިޔާ ވަހިކަން ލިބެންޖެހޭނީ ޖުމްލަ ގޮތެއްގައި ރަށުތެރެއަށް ބަލާ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް. ވަކި ތަނަކު މަސައްކަތްކުރާތީ ބޯހިޔާވަހިކަން ލިބޭކަށް ނުޖެހޭނެ. މިސާލަކަށް ސްޓެލްކޯގަ މަސައްކަތްކުރީ 25އަހަރު، އެސްޓީއޯގައި މަސައްކަތްކުރީ 30 އަހަރު. އެކަމު މާލޭގައި އެބައޮތް 3 ގޯތި 4 ގޯތި 5 ގޯތި. އެހެންކަމަށްވަންޔާ އެމީއަކަށް ލިބިގެނެއް ނުވާނޭ. ބޯހިޔާވަހިކަން ލިބެންޖެހޭ މުއައްޒަފުން އެއީ ސްޓެލްކޯގައ އުޅުނަސް ރައްޔިތުންގެ މަޖިލީހުގަ އުޅުނަސް އަދި ފޮރިން މިނިސްޓްރީގަ އުޅުނަސް، ސަރުކާރުގަ އުޅުނަސް ސިވިލް ސާރވިސްގަ އުޅުނަސް، ކޮންމެ ތާކު އުޅުނަސް ބޯހިޔާވަހިކަން އަންނަންވާނީ މައިގަނޑު އެއް ސިޔާސަތެއްގެ އެއްލިސްޓެއްގެ ޕްލޭނެއްގެ އެއް ޕްރޮގްރާމެއްގެ އުސޫލެއްގެ ތެރެއިންނޭ."އިވާ ވިދާޅުވިއެވެ.

މާލޭގައި ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުން އެންމެ ރަނގަޅަށް އެނގޭނީ މާލޭ ސިޓީ ކައުންސިލަށް ކަމަށް އީވާ ފާހަގަ ކުރެއްވިއެވެ.

އީވާ ވިދާޅުވީ ވަކިވަކި ކުންފުނިތަކަށާއި އޮފީސް ތަކަށް ބޯހިޔާވަހިކަން ދޫކުރަން ދީގެން ނުވާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަން ލިބެންޖެހޭނީ އޭގެ އެންމެ ހައްގުވެރިންނަށްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް