މިއަދުގެ މަޖިލީހުގައި %38 މެމްބަރުން. ބައެއް މެމްބަރުން ވަކި އެއްޗެން ނާންގާ ވަޑައިނުގަންނަވާ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހަށް ސަލާމް ނުފޮނުއްވަވާ އަދި ކަރަންޓީނުގެ ހާލަތުގައި ނޫން ވިޔަސް މަޖިލީހަށް ވަޑައިނުގަންނަވައި، ޖަލްސާ ތަކަށްވެސް ވަޑައި ނުގަންނަވާތާ ގިނަ ދުވަސްތަ...

09 Mar 2021 | 06:58

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހަށް ސަލާމް ނުފޮނުއްވަވާ އަދި ކަރަންޓީނުގެ ހާލަތުގައި ނޫން ވިޔަސް މަޖިލީހަށް ވަޑައިނުގަންނަވައި، ޖަލްސާ ތަކަށްވެސް ވަޑައި ނުގަންނަވާތާ ގިނަ ދުވަސްތަކެއް ވަމުންދާ ބައެއް މެމްބަރުން ތިއްބެވީތީ ކަންބޮޑުވާ ކަމަށެވެ. އެގޮތުން އީސަ ވަޑައި ނުގަންނަވާ، ސަލާމް ވެސް ނުފޮނުއްވާ ސަބަބާމެދު ކަންބޮޑުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވަކި އެއްޗެއް ނާންގަވާ މަޖިލީހަށް ވަޑައިނުގަންނަވާތީ، މަޖިލިސް ރައީސް މުހައްމަދު ނަޝިދު  ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެވަގުތު 33 މެމްބަރުން މަޖިލީހަށް ވަޑައިގެން ތިއްބެވިއިރު، ސަލާމުގައި 6 މެމްބަރުން ތިއްބެވި ކަމަށާއި އަދި ކަރަންޓީންގައި3 މެމްބަރުން ތިއްބެވި ކަމަށް ނަޝިދު ވިދާޅުވިއެވެ.

މަޖިލީހުގެ ޖުމުލަ އަދަދަކީީ85 މެމްބަރުންނެވެ. އެހެންކަމުން33 މެމްބަރުން ހާޒިރުވި ނަމަ އެއީ މަޖިލީހުގެ38 އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް