ކަސްޓަމްސްގެ ވޯކިންގ ޔުނިފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދޭ މަޢުލޫމާތާއި އެއްގޮތަށް، އެ އޮފީހުގެ މުވައްޒަފުން ބޭނުންކުރާ ވޯކިންގ ޔުނިފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮފީހުން އިއުލާނު ކޮށްފިއެވެ. އެގޮތުން މިއިޢުލ...

09 Mar 2021 | 06:40

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދޭ މަޢުލޫމާތާއި އެއްގޮތަށް، އެ އޮފީހުގެ މުވައްޒަފުން ބޭނުންކުރާ ވޯކިންގ ޔުނިފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮފީހުން އިއުލާނު ކޮށްފިއެވެ.

އެގޮތުން މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 28 މާރިޗު 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ކަސްޓަމްސް ހެޑް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުމަށް ކަސްޓަމްސް އިން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ އީމެއިލްއަށް ([email protected]) 15 މާރިޗު 2021  ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން އީމެއިލް ފޮނުއްވުމަށް ކަސްޓަމްސް އިން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރި ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށް ނުވަތަ މަޢުލޫމާތު ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ 15 މާރިޗު 2021  ވާ ހޯމަ ދުވަހުގެ 11:00 ގައި ކަސްޓަމްސް ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު :ކަސްޓަމްސް އޮފީސް ނަންބަރު 3334113

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް