ބޭރުގެ ބޯޓުތަކުން ރާއްޖޭގައި ދާ އަޅާތީ ޓޮމް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ގައުމުތަކުގެ މަސް ދޯނި ފަހަރުން ދާ އަޅާ މައްސަލައިގަ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. އެ މައްސަލ...

09 Mar 2021 | 06:18

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ގައުމުތަކުގެ މަސް ދޯނި ފަހަރުން ދާ އަޅާ މައްސަލައިގަ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށށްލީ 26 މެމްބަރުންގެ ވޯޓުންނެވެ. ޓޮމް ހުށަހެޅުއްވި މައްސަލަ ކުރިޔަށް ގެންދަން ފެންނަކަމަށް ތާއީދު ކުރެއްވީ 10 މެމްބަރުންނެވެ.

ޓޮމް ހުށަހެޅުއްވި މައްސަލައިގަ ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރަހައްދަށް ބޭރުގެ ބޯޓު ތަކުން ވަދެ ދާ އަޅައިގެން މަސްވެރިކަން ކުރަމުން އަންނާތީ އެކަމުގެ އަސަރު ދިވެހި މަސްވެރިކަމަށް ކުރަމުން އަންނަ ކަމަށެެވެ. ޓޮމް ވިދާޅުވީ މި ކަމުގެ ސަބަބުން އުތުރާއި ދެކުނުގެ މަސްވެރިކަމަށް އަސަރު ކުރަމުންދާ ކަމަށެވެ.

ދާ އަޅައިގެން ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަކީ ގާނޫނާ ހިލާފު ކަަމަކަށް ވާއިރު، ރާއްޖެއިން އަންނަ ބޭރުގެ މިފަދަ ބޯޓުތަކާ މެދު އިތުރަށް ފަރުވާތެރިވެ، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.

ތޯރިގު މައްސަލަ ހުށަހަޅުއްވަމުން ވަނީ މިގޮތަށް އަތުލައި ގަނެވޭ ބައެއް ބޯޓުތަކަށް ފިޔަވަޅުނާޅާ ދޫކޮށްލާ މައްސަލައިގަ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ.

އެގޮތުން މިދިޔަ ފެބުރުއަރީ މަހު ނ. އަތޮޅު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް ހިފަހައްޓާފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ  އެ ބޯޓު ހިފަހައްޓައި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރީ ދިވެހި މަސްވެރިން ކަމަށާއި އެކަމަކު އެ ބޯޓާ މެދު ފިޔަވަޅެއް ނާޅާ ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް