އިންސާނުންގެ އުފެއްދުންތެރިކަމާއި ހިޔާލާއި ވިސްނުމަށް އަންނަމުންދާ ކުރިއެރުމަށް ބަލާއިރު އާޓްގެ ދާއިރާގައި ކޮށްފައި ނުކުރާނެ އަދި ނުވެދާނެ ކަމެއް އޮންނާނެ ހެއްޔެވެ.
މިފަހަރު މިއީ އޭގެ މިސާލެކެވެ. ކޮމިއުޓަރުން ތައްޔާރުކޮށްފައިވާ އެނިމޭޓެޑް 10 ސިކުންތުގެ ވީޑިއޯއެކެވެ.
އެ ވީޑިއޯ ތައްޔާރު ކުރީ އެމެރިކާގެ ޑިޖިޓަލް އާޓް މައިކް ވިންކަލްމޭން އިންނެވެ. ވީޑިއޯ އާންމުކޮށްފައިވަނީ ބީޕްލްގެ ނަމުގައި އެވެ. އެތަނުން އެ ވީޑިއޯ ވިއްލާކީ މިފަދަ އެނިމޭޓެޑް ވީޑިއޯ ގަންނަ އެމެރިކާގެ ފޮލޮރިޑާ ސްޓޭޓްގެ މިއާމީ ސިޓީއަށް ނިސްބަރްވާ ޕަބްލޯ ރޮޑްރިގުއެޒް ކިޔާ މީހަކަށެވެ.
ހިލޭ އިންޓަނެޓުން ބަލާލެވޭ ވަރުގެ އެ ކުރު ވީޑިއޯ ޕަބްލޯ ގަނެފައިވަނީ 67،000 ޑޮލަރަށެވެ. އެ ވީޑިއޯ އޭނާ ގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ.
އެންމެ 10 ސިކުންތުުގެ ވީޑިއޯއެއްގެ އަގު އެވަރަށް އަރާފާނެ ކަމަށް ގަބޫލު ކުރަން ދަތިވެގެން އުޅެނިކޮށް މިދިޔަ ހަފްތާގައި ވަނީ އެ ވީޑިއޯ އަނެއްކާވެސް މީހުން ސިއްސުވާލާފައި އެވެ. މިފަހަރު ޕަބްލޯ އެ ވީޑީއޯ ވިއްކާލީ 6.6 މިލިއަން ޑޮލަރަށެވެ.
https://www.youtube.com/watch?v=qj0_2TgJLtY
އެ ވީޑިއޯ ކުރުނަމަވެސް އެހާ އަގުބޮޑުވާން ޖެހުނީ ވީޑިއޯއިން ފެންނަ މަންޒަރާއި ދީފައިވާ މެސެޖުގެ އިތުރުން ކޮށްފައިވާ މަސައްކަތުގެ ސަބަބުން ކަމަށްވެ އެވެ.
ވީޑިއޯގައި ފެންނަނީ ބަރަހަނާކޮށް އޮންނަ މީހަކު ފުރަގަސް ދީގެން ބިންމަތީގައި ޕާކެއްގެ ވިނަގަނޑުމަތީގައި އޮންނަ ތަނެވެ. އެމީހާ ގައިގަ އެކި ބަސްތައް އިނގިރޭސިން ލިޔެފަ ހުރެ އެވެ.
ލިޔެފައިވާ ބަސްތަކުން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ ބަހެއްގެ ގޮތުގައި ފެންނަނީ "ލޫސާ" އެވެ. އެ މީހާގެ ސިފަ ދައްކައިދޭން މަސައްކަތް ކޮށްފައިވާ ގޮތަށް ބަލާއިރު އެއީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްކަން އެނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް