ސްޕެއިންގެ ބާސެލޯނާގެ ރައީސަކަށް ބޮޑު ތަފާތަކުން ކުރިހޯދައިގެން ކުރިންވެސް އެމަގާމު ފުރުއްވި ޖޮއާން ލަޕޯޓާ އިންތިހާބުވެއްޖެ އެވެ.
މިހާރު އުމުރުން 58 އަހަރުގެ ލަޕޯޓާ ކުލަބު ބާސެލޯނާގެ ރައީސްގެ މަޤާމަށް ހޮވިވަޑައިގަތީ ޖުމްލަ 30،184 ވޯޓާއެކުއެވެ.
ވޯޓުން ދެ ވަނަ އަށް ދިޔައީ ވިކްޓަ ފޮންޓެވެ. އޭނާއަށް ލިބިފަިވަނީ 16،679 ވޯޓެވެ. އަދި ތިންވަނަ އަށް ދިޔަ ޓޯނީ ފްރެއިޒާ އަށް ލިބުނީ 4769 ވޯޓެވެ.
ބާސެލޯނާގެ ރައީސްކަން މީގެ ކުރިންވެސް ކުރައްވާފައިވާ ލަޕޯޓާ ބާސާގެ ރައީސްކަން މީގެ ކުރިން ކޮށްފައިވަނީ 2010-2003 ގެ ނިޔަލަށެވެ.
ލަޕޯޓާ މީގެކުރިންވެސް ކުލަބް ބާސެލޯނާގެ ރައީސްކަން އަދާކޮށްފައިވާއިރު، ލަފޯޓާ ރައީސްކަން އަދާކުރި އަހަރުތައް ފާހަގަ ކޮށްލެވެނީ އެންމެ ކާމިޔާބު އަހަރުތަކުގެ ގޮތުގައެވެ.
ލަޕޯޓާގެ ފުރަތަމަ ދައުރުގައި ބާސެލޯނާ އިން ސްޕެނިޝް ލީގު ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލައިލިއެވެ.
ލަޕޯޓާ ކުލަބުގެ ރައީސްކަމާއި ހަވާލުވެ އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކުލަބުގެ މާލީ ހާލަތު ހަމަޔަކަށް އެޅުވުމާއި މެސީ ކުލަބުގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް