ބާރަށު ޕޮސިޓިވް ކޭސްތަކުގެ އަދަދު 31 އަށް

ހއ. ބާރަށުން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 31 އަށް އަރައިފި އެވެ. އެ ރަށުން ކޯވިޑްގެ ކޭސްތަކެއް ފެނުނީ މިދިޔަ މަހު 28 ވަނަ ދުވަހު އެވެ. ފުރަތަމަ ޕޮސިޓިވްވެފައިވަނީ ހޯމް ކަރަންޓީން ފުރިހަމަ...

09 Mar 2021 | 03:55

ހއ. ބާރަށުން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 31 އަށް އަރައިފި އެވެ.

އެ ރަށުން ކޯވިޑްގެ ކޭސްތަކެއް ފެނުނީ މިދިޔަ މަހު 28 ވަނަ ދުވަހު އެވެ. ފުރަތަމަ ޕޮސިޓިވްވެފައިވަނީ ހޯމް ކަރަންޓީން ފުރިހަމަ ކުރި އެއް އާއިލާއެއްގެ ނުވަ މީހުންނެވެ.

އެމީހުން ވަނީ ހޯމް ކަރަންޓީން އުސޫލާއި ހިލާފުވެފަ އެވެ.

އެޗްޕީއޭއިން ބުނީ އެ ރަށުން އިއްޔެ އިތުރު ފަސް މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭގެ ކުރީ ދުވަހުވެސް ހަތަރު މީހަކު ޕޮސިޓިވްވެފައިވާއިރު މިހާރު ޕޮސިޓިވްވަމުން ދަނީ ކަރަންޓީން އުސޫލާއި ހިލާފުވި މީހުންނާއި ކޮންޓެކްޓުވެފައިވާ މީހުންނެވެ.

އެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް އެޗްއީއޯސީން ދަނީ ކުރަމުންނެވެ. އޭގެ ތެރެއިންވެސް ބައެއް މީހުން ދަނީ ޕޮސިޓިވްވަމުންނެވެ.

މި ކްލަސްޓާ އާއި ގުޅިގެން ބާރަށް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އަދި ރަށަށް އަރައި ފޭބުން އޮތީ މަނާކޮށްފައި އެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި ކަރަންޓީން އުސޫލާއި ހިލާވެފައި ނުވާނަމަ ހޯމް ކަރަންޓީން ފުރިހަމަ ކުރުމުން ޓެސްޓު ކުރާއިރު ޕޮސިޓިވްވާ މީހުންގެ ފަރާތުން ރަށު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 20،000 އަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް