ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލު ރަނގަޅު: މަބްރޫކް

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލު ރަނގަޅު ކަމަށް ކޮވިޑް-19 ގެ މީޑިއާ އޮފިސަރު އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި...

09 Mar 2020 | 12:00

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލު ރަނގަޅު ކަމަށް ކޮވިޑް-19 ގެ މީޑިއާ އޮފިސަރު އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ހަތަރު މީހުންނަށް ސިއްހީ ހުރިހާ ހިދުމަތަކާއި ފަރުވާއެއް ފޯރުކޮށްދެމުންދާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެމީހުން ތިބީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފެކެވެ. ދެން ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ.

އެޗްޕީއޭއިން ދަނީ އެމީހުންނާއި ގުޅުން ހުރި މީހުން ދެނެގަނެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް