ކޮވިޑް-19: ނުރައްކާތެރިކަން ބޮޑުވެ ސައުދީގެ ސްކޫލުތަކާ ޔުނިވާސިޓީތައް ބަންދުކޮށްފި

ސައުދީ އަރަބިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގައި ސްކޫލުތަކާއި ޔުނިވާސިޓީތައް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފިއެވެ. ސައުދީ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދުން ފެށިގެނ...

09 Mar 2020 | 09:32

ސައުދީ އަރަބިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގައި ސްކޫލުތަކާއި ޔުނިވާސިޓީތައް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފިއެވެ.

ސައުދީ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ސްކޫލުތައް ބަންދު ކުރާ އިރު ސަރުކާރުގެ އަދި ޕްރައިވެޓް ސްކޫލުތަކާއި ޓެކްނިކަލް އަދި ހާއްސަ ތަމްރީނުދޭ ސްކޫލުތައްވެސް ބަންދުކުރެއެވެ.

ސައުދީގެ ޝީޢީންގެ އާބާދީ ބޮޑު ސަރަހައްދެއް ކަމުގައިވާ ގާތިފް ސިޓީގައި މިހާތަނަށް 11 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. ސައުދީން ކޯރޯނާ ވައިރަސް ފެނިފައި ވަނީ މި ސިޓީން އެކަނިއެވެ. އެހެންކަމުން ސައުދީން އިއްޔެ ވަނީ ގާތިފްއަށް އަރާ ފޭބުން މަނާކޮށްފައެވެ.

ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ކޮރޯނާ ވައިރަސް އެ ގައުމުގައި ކޮންޓްރޯލް ވަމުންދާއިރު ވައިރަސް ޖެހިފައިވާ މީހުން ދުނިޔޭގެ95 ގައުމަކުން ވަނީ ފެނިފަ އެވެ. އަދި 110،000 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

މި ބަލީގައި 3,825 މީހަކު މަރުވެފައިވާ އިރު 61,977 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ރާއްޖެއިން ވެސް ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ހަތަރު މީހުން ފެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް