ރާއްޖެއިން ކޮރޯނާ ވައިރަސް މިހާރު ފެނިފައިވާއިރު ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ބަންގްލަދޭޝް އިން ރާއްޖެއަށް މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސިވިލް އޭވިއޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝް އަށް ދަތުރުކޮށްފައިވާ މީހަކު ރާއްޖެއަށް އެތެރެވުމާއި ޓްރާންސިޓްވުންވެސް މާދަމާއިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް މަނާ ކަމަށެވެ. މަނާކޮށްފައިވަނީ ބޭރުގެ ހުރިހާ ޕަސިންޖަރުންނާއި އެއާލައިން ކްރޫވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް ދިވެހިން މިކަމުން އިސްތިސްނާ ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ފިޔަވަޅު މިގޮތަށް އަޅާފައިވާއިރު ކޯވިޑްގެ ތިން ކޭސް ބަންގްލަދޭޝް އިން ވަނީ ފެނިފައެވެ.
ރާއްޖޭގައިވެސް މި ވައިރަހަށް ހަތަރު މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ބަތަލާ ރިސޯޓްގައި ތިބި ދެ ފަތުރުވެރިއަކާއި ކުރެއްދޫ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް