ކ.ބޮލުފުށީގައި ހިންގާ ޖުމެއިރާ ވިޓަވެލި ރިސޯޓު ގޮނޑުދޮށުން ހަތަރު ފޫޓްގެ ކިނބުލެއް މިއަދު ފެނިއްޖެއެވެ.
އެމްޑީއެފްއިން ބުނީ މިކިނބޫ ފެނިގެން ރިޕޯޓް ކޮށްފައިވަނީ ހެނދުނު 10:32 ހާއިރުކަމަށެވެ.
މި ކިނބޫފެނިފައިވާ ވަނީ ޖުމެއިރާ ވިޓަވެލިން ރިސޯޓްގެ ގޮނޑުދޮށުގައި އޮށްވާ އެ ރިސޯޓުގެ ބިދޭސީ މުވައްޒަފަކަށެވެ. އޭނާ މައުލޫމާތު ދީފައިވާ ގޮތުގައި މި ކިނބުލާ 15 ވަރަކަށް ފޫޓަށް ކައިރިވިތަނުން ކިނބޫ ވަނީ މޫދަށް ފައިބައިގެން ގޮސްފަ އެވެ.
މިކަން އެ ރިސޯޓުން ފުރަތަމަ އެންގީ މާފުށީ ޕޮލިސް ސްޓޭޝަނަށެވެ. އެ ސްޓޭޝަނުން ވަނީ އެމްއެންޑިއެފްއާއި އެ މައުލޫމާތު ހިއްސާކޮށްފައި އެވެ.
މިކަން އެމްއެންޑިއެފުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް